ހަބަރު

ފަސް މީހުނާއެކު ދަތުރުކުރި ކޮޅުވެއްޓިއެއް ގެއްލިގެން ހޯދަން ފަށައިފި

Feb 11, 2015
1

ތިލަފުށިން ރ. އަތޮޅަށް ދަތުރުކުރި ކޮޅުވެއްޓިއެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

ފަސް މީހުންނާއެކު ދަތުރު ކުރި "ކޮރަލް ކްރާފްޓް" ކޮޅުވެއްޓީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ރޭ 10:45 ގައެވެ. އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ 100 ފޫޓު އެ ކޮޅުވެއްޓިއަކީ ނޫކުލައިގެ ދަވާދު ލާފައިވާ އުޅަނދެއް ކަމަށާއި އެއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކޯސްޓްގާޑާ ހިއްސާ ކުރަން އެދޭ ކަމަށެވެ.