ރޯދަ މަހާ ރޯއްޖާ

ބިސްލީ ބަތް ވަރަށް މީރުވާނެ!

Jun 9, 2016
1

ބިސް ލީ ބަތަކީ ވަރަށް މީރު ކެއުމެއް ކަމަށް އެންމެވެސް ބުނެ އެވެ. އެކަމަކު ބިސްލީ ބަތް އަމިއްލަ އަތުން ތައްޔާރުކޮށްލާނެ ގޮތެއް ނޭނގޭދޯ އެވެ. ރެސްޓޯރެންޓެއްގައި ތައްޔާރުކޮށްލާފައި ހުއްޓާ ނޫނީ ކާކަށް ވެސް ނުލިބޭ ދޯ އެވެ. އެކަމަށް ވަރަށް ފަސޭހަ ހައްލެއް ހޯދިދާނެ އެވެ. މިފަހަރު އަމިއްލައަށް ޓްރައިކޮށްލަން ހިނގާށެވެ. ދެ ފަހަރަކު ތައްޔާރުކޮށްލާއިރަށް އަސްލު ރަހަގަނޑު ނުކުމެ ބިސްލީ ބަތް މޮޅަށް ކަންކަން ދަސްވެދާނެ އެވެ. އެއީ ދެން އެހާ ބޮޑު ކަމަކަށް ވެގެން، ކާ ހިތްވިޔަސް ނުލިބި ހުންނާކަށް ނުޖެހޭނެ އެވެ.

ކުޑަ ހަރަދެއް ކޮށްލަން ޖެހޭނެ

މި ހާއްސަ ކެއުމަކީ ވިއްސަކަށް މިނެޓް ތައްޔާރުކޮށްލައި އާއިލާއެކުގައި ކާލައި ސަމާސާގެ ވަގުތުކޮޅެއް ހޭދަކޮށްލަން ރަނގަޅު ކެއުމަކަށްވާނެ އެވެ. ބިސްލީ ބަސް ތައްޔާރު ކުރަން ބައެއް ބާވަތްތައް ބޭނުންވާނެ އެވެ. އެކަމަކު އެ ބާވަތްތަކުން އެހާ ގިނައިން ހޯދާކަށް ނުޖެހޭނެ އެވެ.

6 ޖޯޑު ބަތް
ކޮށާފައިވާ 1 ޖޯޑު ފިޔާ
ފެނު ކެއްކި ފަސް ބިސް
ޗިކަން ކިއުބެއް
ހިކަނދިފަތެއް
ކޮށާފައިވާ 1 ގިތެޔޮމިރުސް
ޖޯޑު ކެބެޖް ( ކޮށާފައިހުރި)
ކޮށާފައި ޖޯޑެއްގެ ކެރެޓް
މޭޒުމަތީ ސަމުސަލެއްގެ ޗިސްކޮށްފައިވާ އިނގުރާއި ލޮނުމެދު
1 ޖޯޑު ހިކިމޭބިސްކަދުރު
5 ރާނބާފަތާއި ލޮނު

މި ހުރިހާ އެއްޗެއްސަކީ ވެސް ފަސޭހައިން ހޯދޭނެ އެއްޗެއްސެވެ. ފުރަތަމަ ހަދަންވީ ގޮތަކީ ތަވާގެ ތެރެއަށް ތެޔޮފޮދެއް އަޅާފައި އެ ތެޔޮފޮދު ހޫނުވުމުން އޭގެ ތެރެއަށް ފިޔަ އާއި ހިކަނދިފަތާއި ރާނބާފަތާއި ކެރެޓް އަދި ކެބެޖާއި މިރުސް އެއްކޮށް އަޅާލާނީ އެވެ. އެ ބާވަތްތަތައް ތެޔޮ ފޮދުގެ ތެރޭގައި މޯޅިވެ ރަތް ކުލަ ޖެހިލަންދެން ދޭފަތް ބޭނުން ކުރަން ޖެހޭނެ އެވެ. އެހެން ނޫނީ ވަރަށް ފަސޭހައިން އަނދާނެ އެވެ. މޯޅިވެ ރަތް ކުލަ ޖެހުމުން ދެން ބަތާއި ބިސް ފިޔަވައި ބާކީހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން އެ ދެބައި އެއްކޮށް ލާނީ އެވެ. ފުރަތަމަ ދުވަހު އަސްލު ރަހަ ނުލިބިދާނެ އެވެ. ދެފަހަރަކު ޓްރައިކޮށްލުމުން ވަރަށް ފައްކާކޮށް ތައްޔާރުކޮށްލެވޭނެ އެވެ.