ބޭރު ކުޅިވަރު

މޮޅަކާއެކު ޕޯޗުގަލް ޔޫރޯ އަށް

އެސްޓޯނިއާ 7-0އިން ބަލިކޮށް ޕޯޗުގަލް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތައްޔާރީތައް ނިންމާލައިފި އެވެ.

ފްރާންސްގައި މާދަމާ ފަށާ މުބާރާތުގެ ކުރިން ޕޯޗުގަލް ކުޅުނު ފަހު މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ފަސް ގޯލުގެ ތެރެއިން ކުއަރެޒްމާ އާއި ޑެނީލޯ ޕްރޭރާ އަދި އެޑާ އެވެ. މީގެ ތެރެއިން ކުއަރެޒްމާ ދެ ގޯލު ޖެހި އެވެ. ހަ ވަނަ ގޯލަކީ ބައިގޯލެކެވެ.

އެސްޓޯނިއާ ކޮޅަށް ޖެހި ދެ ގޯލާއެކު ޕޯޗުގަލްގެ ގައުމި ޓީމުގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯގެ ރެކޯޑް މުގުރާލަން ރޮނާލްޑޯ ދެން ބޭނުންވަނީ އެންމެ ދެ ގޯލެވެ.

ރޭގެ މެޗަށް ފަހު އޭނާ ބުނީ ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި ޔޫރޯގައި ކާމިޔާބު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިވަގުތު ޓީމުގެ އެންމެންގެ އަމާޒަކީ ވެސް މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ.

ޕޯޗުގަލް ޔޫރޯގެ ފުރަތަަމަ މެޗުގައި ކުޅޭނީ އައިސްލޭންޑާ އެވެ. އޭގެ ފަހުން ކުޅޭނީ ހަންގޭރީ އާއި އޮސްޓްރިއާއާ އެވެ.