ބޭރު ކުޅިވަރު

ކޫޓިނީއޯގެ ހެޓްރިކާއެކު ބްރެޒިލް ސެމީއާ ގާތަށް

ހައިޓީ ކޮޅަށް ޕިލިޕް ކޫޓީނިއޯ ހެދި ހެޓްރިކާއެކު ކޮޕާ އެމެރިކާ ސެންޓެނާރިއޯގެ ސެމީ ފައިނަލާ ގާތަށް ބްރެޒިލް ޖެހިލައިފި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް ރޭ ބްރެޒިލް ޓީމުން ރެނާޓޯ އޮގަސްޓޯ ވެސް ދެ ލަނޑު ޖެހި އެވެ. މެޗުގެ ފުރަތަމަ ލަނޑު ކޫޓީނިއޯ ޖެހީ 14 ވަނަ މިނިޓްގަ އެވެ. އަދި 29 ވަނަ މިނިޓްގައި ދެ ވަނަ ލަނޑެއް ޖަހައި ހެޓްރިކް ހެދީ ފަހު މިނިޓްގަ އެވެ. ބްރެޒިލް ޓީމުން ދެން ލަނޑު ޖެހީ ލޫކަސް ލީމާ އާއި ގަބްރިއަލް އެވެ. ހައިޓީ އަށް ސުން ކަނޑުވައިދިނީ ޖޭމްސް މާސެލީން އެވެ.

މި މެޗުން މޮޅުވުމުން ބްރެޒިލް ގްރޫޕް ބީގެ އެއްވަނާގައިވަނީ ހަތަރު ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ ތިން ޕޮއިންޓާއެކު ޕްރޫ އެވެ. ތިން ވަނާގައި އެންމެ ޕޮއިންޓަކާއެކު އިކުއެޑޯ އޮތްއިރު ހައިޓީ އަށް ކުޅުނު ދެ މެޗުން ވެސަ ބަލިވުމުން ޕޮއިންޓެއް ނުލިބެ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ކޮލަމްބިއާ އެވެ. ކާލޮސް ބައްކާ އާއި ޖޭމްސް ރޮޑްރިގޭޒް ޖަހައިދިން ގޯލުތަކުން އެ ޓީމު ސެމީ އަށް ދިޔައީ އިއްޔެރޭ ޕެރަގުއޭ 2-1އިން ބަލިކޮށްފަ އެވެ. ގްރޫޕް އޭގައި އިއްޔެރޭ އެމެރިކާ މޮޅުވީ 4-0އިން ކޮސްޓަރިކާ އަތުންނެވެ.

ކޮލަމްބިއާ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވަނީ ތިން ޕޮއިންޓާއެކު އެމެރިކާ އެވެ. ޕެރަގުއޭ އާއި ކޮސްޓަރިކާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.