އެމްޓީސީސީ

ސުޒުކީ ފޯރި: އިންޖީނެއް ހޯދަން ރަނުގެ ފުރުސަތެއް

Jun 9, 2016
  • ޕްރޮމޯޝަން ބާއްވަނީ ޖުލައި 15 ގެ ނިޔަލަށް
  • 15 ހޯސްޕަވަރުގެ އިންޖީނެއް ހޯދިދާނެ
  • ޑިސްކައުންޓު ވެސް ލިބޭ

"ސުޒުކީ" އަކީ އިންޖީނުގެ ބްރޭންޑްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއް ބްރޭންޑެވެ. މި ބްރޭންޑުން މިވަނީ "ސުޒުކީ ފޯރީ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެގެން 15 ހޯސްޕަވަރުގެ އައުޑްބޯޑް އިންޖީނެއް ހޯދުމުގެ ފުރުސަތު ލިބެ އެވެ.

"ސުޒުކީ ފޯރި" ޕްރޮމޯޝަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަބްދު ރައްޒާގު ހަލީމް ވިދާޅުވީ މި ޕްރޮމޯޝަންގައި ޑިސްކައުންޓްވެސް ލިބޭނެ ކަމަށެވެ.

"ކޮންމެ ރޯދަ މަހަކުވެސް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް މިއީ. މި އަހަރު ޔޫރޯ ކަޕާވެސް ގުޅުވާލައިގެން ކުރިއަށް ދަނީ،" ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 އަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަންގައި ސުޒުކީ އިންޖީނު ތަކަށް 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ. މި ޕްރޮމޯޝަންގައި އިންޖީނު ގަންނަ ފަރާތްތަކަށް ލަކީޑްރޯއެއް ކުރިއަށް ގެންދާނެކަމަށާ އިނާމަކަށް 15 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑު އިންޖީނެއް ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ މަގުސަދަކީ ރޯދަ މަހާ ދިމާކޮށް އައުޓް ބޯޑު އިންޖީނު ގަންނަ ފަރާތްތަކަށް ލުއި އަގެއްގައި އިންޖީނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ޕްރޮމޯޝަންގެ ދަށުން 2.5 ހޯސްޕަވަރުގެ އިންޖީނުން ފެށިގެން 300 ހޯސްޕަވަރުގެ ޕަވަރާ ދެމެދުގެ ސުޒުކީ އިންޖީނަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ޓާގެޓް ކޮށްފައިވަނީ ވަގުތުން ފައިސާ ދެއްކުމަށްފަހު އިންޖީނު ގަންނަ ފަރާތްތަކަށެވެ.

އެމްޓީސީސީ އިން ސުޒުކީ އައުޓް ބޯޑް އިންޖީނު ރާއްޖެއަށް ތައާރަފުކުރީ 2007 ވަނަ އަހަރެވެ. އޭގެ ފަހުން މި އިންޖީނު ފާހަގަ ކުރެވިފައިވަނީ ދިވެހިންގެ އެންމެ އިތުބާރު ލިބިފައިވާ އައުޓް ބޯޑް އެއް އިންޖީނަށެވެ.