ރޯދަ މަހާ ރޯއްޖާ

ޗޮކޯ ކަސްޓަޑް މީހާ ލުއިކޮށްލާނެ!

Jun 10, 2016

ރޯދަ މަހު އިރު އޮއްސޭ ގަޑީގައި ކެވޭލެއް ގިނަ ކަމުން ވަރަށް ބަރުވެ، ވަރަށް ލޮޑުވެ އެހެން ކަންކަމަށް ބުރޫ އަރާދޯ އެވެ. އެކަމުން ވެސް ސަލާމާތްވެފައި، އިރުއޮއްސޭގަޑީގައި މީރުކޮށް ކާލެވޭނެ ލުއި މީރު ޑެޒަޓެއް ހުންނަންވާނެ ނޫން ހެއްޔެވެ؟ ޗޮކޯ ކަސްޓަޑަކީ ވަރަށް ފަސޭހައިން އިރުއޮއްސޭ ގަޑިއަށް ތައްޔާރުކޮށްލެވިދާނެ ބާއްވަތެކެވެ. އެންމެ ހާއްސަ ކަމަކީ މިއީ މީހާ ލުއިކޮށްލާނެ ހާއްސަ ޑެޒަޓަކަށްވާ ކަމެވެ. ރޯދަ ވީއްލާ ގަޑިއަށް ހަދާފައި ހުންނަ ގިނަ ބާވަތްތަކުން ތަންކޮޅެއް ގިނައި ކެވުނު ނަމަވެސް މި ޑެޒަޓް ބޭނުން ކޮށްލައިގެން މީހާ ލުއިކޮށްލެވި އަނގައިގެ ރަހަ މީރުކޮށްލެވޭނެ އެވެ. މިއަދު ވާނީ ޑެޒާޓް ކޮންމެހެން ވެސް ތައްޔާރު ކުރާށެވެ.

ބޭނުމީ ހަތަރު ބާވަތެއް

މާ ގިނަ ތަކެތި ހޯދަން ޖެހެންޏާ ވެސް ބައެއް ފަހަރު ބައެއް ބާވަތްތައް ތައްޔާރު ކޮށްލަން ފަހަތަށް ޖެވޭ ދޯއެވެ. އެހެންވެސް ވާނެ އެވެ. އެކަމަކު ޗޮކޯ ކަސްޓަޑް ތައްޔާރު ކުރަން މައި ބައިވަރުތަކެއް ހޯދަކަށް ނުޖެހޭނެ އެވެ. ތިރީގައި މިވަނީ ހޯދަން ޖެހޭ ހަތަރު ބާވަތެވެ.

ކަސްޓަޑް ޖޯޑެއް
ގެރިކިރު ދަޅެއް
މޭޒުމަތީ ސަމުސަލެއްގެ ކޮފީ ކުޑަ ފެންފޮދެއްގައި ގިރާފައި
4 ޖޯޑުފެން

މިއޮތީ ހަދާ ގޮތް

ކަސްޓަޑް ކޮޅަށް ފެން އަޅާފައި ރަނގަޅަށް ގިރާލަން ޖެހޭނެ އެވެ. އެހެން ނޫނީ ރަހަގަނޑު އެހާ ކަމު ނުގޮސްފާނެ އެވެ. ފުރަތަމަ ކަމަކަށް ކަސްޓަޑްކޮޅު އުނދުންމައްޗަށް އުދާލާފައި މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ. ރޯ ނުފިލަނީސް ހިކޭ ގޮތްވާނަމަ އަނެއްކާވެސް ކުޑަ ފެންފޮދެއް އެއްކޮށްލާށެވެ. ކަސްޓަޑް ކޮޅު އޮލަވެ ވަރުން ލާން ފެށުމުން ކިރާއި ގިރާފައިހުރި ކޮފީ އެއްކޮށްފައި ރޯފިލުމުން އުދުންމަތިން ބާލާށެވެ. ހޫނު ކޮށް ވެސް ފިނިކޮށް ވެސް ވަރަށް ސަޅިވާނެ އެވެ. ފިނިކޮށްފައި ވެޑެލް ޗޮކްލެޓް ކޮޅަކާއެކު ކާލާފައިފިނަމަ ދެން މި ނުކައި ހުރެވޭނެ ހެނެއް ހީއެއް ނުވެއެވެ.