ބޭރު ކުޅިވަރު

އުރުގުއޭ ކަޓައި، މެކްސިކޯ އާއި ވެނެޒުއޭލާ ކުއާޓާ އަށް

ކުޅުނު ދެ މެޗުން ވެސް ބަލިވެ ކޮޕާ އެމެރިކާ އެމެރިކާ ސެންޓެނާރިއޯ ފުޓްބޯޅަ މުބާރާތުން އުރުގުއޭ ކެޓިއިރު ވެނެޒުއޭލާ އާއި މެކްސިކޯ ކުއާޓާ ފައިނަލަށް ހިނގައްޖެ އެވެ.

އުރުގުއޭ ކެޓީ ވެނެޒުއޭލާ އަތުން 1-0އިން ބަލިވުމުންނެވެ. މަޝްހޫރު ލުއިސް ސުއަރޭޒް ނުލައި ކުޅުނު މެޗުން ބަލިވުމުން ގްރޫޕް ސްޓޭޖުގައި ބާކީ އޮތް މެޗުން މޮޅުވިޔަސް އުރުގުއޭ އަށް ލިބޭނީ ގިނަވެގެން ތިން ޕޮއިންޓެވެ. މިހާ ހިލާފަށް މެކްސިކޯ އާއި ވެނެޒުއޭލާ އަށް މިހާރު ވެސް ވަނީ ހަ ޕޮއިންޓެ ލިބިފަ އެވެ.

މުބާރާތުގައި ރޭ މެކްސިކޯ މޮޅުވީ ގްރޫޕް ސީގެ ފުލުގައި އޮތް ޖެމެއިކާ އަތުން 2-0އިންނެވެ. ލަނޑު ޖެހީ އޮރީބޭ ޕްރަލްޓާ އާއި ހާވިއާ ހަނާންެޒް އެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ޗިލީ އާއި ބޮލީވިއާ އަދި އާޖެންޓީނާ އާއި ޕެނަމާ އެވެ.