ރަމަޟާން ވެޓަރަންސް ކަޕުގެ ފުރަތަމަ މެޗު ވިކްޓަރީއާ ބައްދަލުކޮށް 6-2އިން ވެލެންސިއާ ކާމިޔާބުކޮށްފި އެވެ.
ޓާފް ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ އަށް އިސްމާއީލް މުހައްމަދު (އިއްސޭ) ދެ ލަނޑު ޖަހައިދިނެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައިދިނީ ނިހާން ނަސީރެވެ. އޭގެ ފަހުން އައްސަދު އަބުދުލްގަނީ އާއި މައުސޫމް އަބުދުލްގަފޫރު (މާސޭ) އަދި އިސްމާއީލް އަނިލް ވެސް ލަނޑު ޖެހި އެވެ.
ވިކްޓަރީގެ ދެ ލަނޑު ޖެހީ އަހުމަދު ޝަރީފާއި އަބުދުﷲ މުފީދެވެ.
ހަތް ޓީމު ވާދަކުރާ މި މުބާރާތް މިއަދު ހުޅުވައި ދެއްވީ އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އެވެ. މުބާރާތް އިންތިޒާމް ކުރަނީ މޯލްޑިވްސް ސޮކާ މޭޓްސް އިންނެވެ. އެ ޖަމިއްޔާގެ ފަރާތުން ނިއުރޭޑިއަންޓްގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކު ވިދާޅުވީ މުބާރާތް ބާއްވަނީ އަލްމަރުހޫމް ޒާހިރު ނަސީރުގެ ހަނދާނުގައި ކަމަށެވެ.
ދިވެހި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ނިޝާން އާޒިގެ އިއްޒަތްތެރިވެރިޔާ އަދި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް ޒާހިރު ނަސީރު މިދިޔަ މަހު ނިޔާވެފައިވާތީވެ މިއަދުގެ މެޗު ފެށުމުގެ ކުރިން އޭނާގެ ހަނދާނުގައި ހާއްސަ ސުކޫލެއް ވެސް ގެނަ އެވެ.