ކާނާ

888

Jun 11, 2016

އާންމުކޮށް ކާން ލިބެނީ އާދައިގެ ބިރިއާނީ އެވެ. އެކަމަކު ތަފާތު ވައްތަރުގެ ބިރިއާނީ ހުރެ އެވެ. ބިރިއާނީގެ ބާވަތްތަކުގެ ތެރެއިން މިހާރު ވެސް އަދި ކުރިން ވެސް އޭޝިއާގެ ވަރަށް ގިނަ ގައުމުތަކުގައި އެއް ބާވަތަކީ ތަންދޫރީ ކުކުޅު ބިރިއާނީ އެވެ. މިއީ ވަރަށް މީރު ބިރިއާނީއެކެވެ. މިކަހަލަ ދުވަހެއްގައި ހާރު ދަމަށް ވެސް ނޫނީ އިރު އޮއްސޭ ގަޑިއާއި ތަރާވީސް ދަމަށް ވެސް ވަރަށް ކަމުދާނެ އެވެ.

މި ބާވަތްތައް ހުރިތޯ ޗެކްކޮށްލާ

1 ކިލޯގެ ތަންދޫރީ ކުކުޅު ކޮށާފައި
700 ގްރާމްގެ ހަނޑޫ
މޭޒުމަތީ ސަމުސަލެއްގެ މުގުރި ދިރި
ފެނު ކެއްކި އަށް ކުކުޅު ބިސް
ހިކަނދިފަތްކޮޅެއް
މަދު ނުވާވަރުގެ ރާނބާފަތްކޮޅެއް
2 ގިތެޔޮމިރުސް ( ކޮށާފައި)
1 ޖޯޑު ހިކިމޭބިސްކަދުރު
1 ޖޯޑުކަނަމަދު
5 ލޮނުމެދު (ގާނާފައި)
މޭޒުމަތީ ސަމުސަލެއްގެ ތެޅި ހިކިމިރުސް
2 އިންޗީގެ ފޮނިތޮށިކޮޅެއް (3 ބުރިކޮށްފައި)
600 ގ. ފިޔާ (ކޮށާފައި)
2 /1 1 ސައިސަމުސާ މުގުރި ފޮނިތޮށި ކާފޫރުތޮޅި
1 މޭޒުމަތީ ސަމުސާ އިނގުރު ( ޗިސްކޮށްފައިހުރި)
) 1 ޖޯޑު ނުފުރާހުރި ހަނާކުރި ހަވާދު ( ފުނޑާފައިހުރި
1 ޖޯޑު ކާށި ބޯކިރު
ލޮނުކޮޅެއް
ރީނދޫކޮޅެއް
ތެޔޮފޮދެއް

ބަދިގެއަށް ވަންނަމާ

ފުރަތަމަ ހަނޑޫކޮޅު ކުލަހިފާ ވަރަށް ރީނދުލާއި ލޮނު އަދި ރާނބާފަތްކޮޅާއި ފޮނިތޮށި ލައިގެން ކައްކާފައި ބަހައްޓާށެވެ. ދެން ތަވާ އުދާލާފައި ތެޔޮ އަޅާފައި ކެކުމުން ފިޔާކޮޅުގެ ދެބައިކުޅައެއްބަޔާއި ކަނަމަދު އަދި ހިކި މޭބިސްކަދުރާއި މި ތިން ބައި ތެލުލާފައި ނަގާފައި ޓިޝޫގައި ބަހައްޓާށެވެ. އެއަށް ފަހު ތެއްޔަކަށް ތެޔޮފޮދެއް އަޅާލާފައި ހޫނުޥީމާ ފިޔާ، ހިކަނދިފަތް، ރާނބާފަތް، ރީނދޫ (ކުޑަކުޑަ ރީނދޫކޮޅެއް) އަދި ގިތެޔޮމިރުސް، އެއްކޮށްލުމަށްފަހު ފިޔާމޯޅިވީމާ ކުކުޅުކޮޅާއި އދި ރިހަޔަށް ބޭނުންވާ ހުރިހާ ބާވަތްތައް އެއްކޮށް ކައްކާލާށެވެ. ދެން ފުން ޓްރޭ އަކަށް ނުވަތަ ތެއްޔަކަށް ބަތްފަށަލެއް އަޅާފައި (1 އިންޗީގެ ބޯމިނަށް) ފަތުރާލާފައި ތަންދޫރީ ކުކުޅު މަސްތައް އަޅާފައި ފިޔާކޮޅަކާއި ހިކިމޭބިސް ކަދުރު އަދިކަނަމަދާއި 3 ބައިންވެސް އެތިކޮޅެއް މައްޗަށް ވިއްސާލާފައި ބިސް ފަޅިވެސް އަތުރާލާށެވެ. ބަތާއި ރިހަ ހުސްވަންދެން ފަށަލަ ފަށަލަޔަށް އަޅާށެވެ.