- ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށްފައި
- ވަޅިން ޒަހަމްކޮށްލި މީހާގެ ހާލު ސީރިއަސް
- ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައްވެފައި
އައްޑޫ އަތޮޅު ހިތަދޫގައި މިރޭ މާރާ މާރީ ހިންގައި ފަސް މީހަކު ޒަޚަމް ކޮށްލައިފި އެވެ. އަދި އެ ހަމަލާތަކާ ގުޅިގެން ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށް ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. މިރޭގެ މި މާރާމާރީގައި އެކަަށް ހަމަލާ ދީފައި ވަނީ ވަޅި ބޭނުންކޮށްގެނެވެ. އެހެން މީހުންނަށް ބައެއް ކަހަލަ އާލާތްތައް ބޭނުންކޮށްގެނެވެ.
ފުުލުހުން ބުނީ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީ އައީ ވެރިރަށް ހިތަދޫގެ ވައިލެޓް މަގުގައި ކަމަށާއި ޒަހަމްވީ މީހުނަށް ފަރުވާދީ ތުހުމަތުވާ ފަސް މީހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ މިރޭގެ މާރާމާރީގައި ފަސް މީހަކު ޒަހަމްވެފައިވާއިރު އޭގެ ތެރެއިން ސީރިއަސްކޮށް ފެންނަނީ ބުރަކައްޓަށް ވަޅި ޖަހައި ޒަހަމްކޮށްލާފައިވާ ޒުވާނާ ކަމަށާއި އޭނާއަށް ލިބިފައިވާ ޒަހަމްތަކަށް އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާދީ މިހާރު ފަހަމުން އަންނަ ކަމަށެވެ.
އެ އޮފިޝަލު އަދި ވިދާޅުވީ އިތުރު ދެ ޒުވާނެއްގެ ބޮލަށް ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްތައް ލިބިފައިވާ ކަމަށާއި ދެން ތިބި ދެ ޒުވާނުންނަށް ބޮލާއި ބުރައްކައްޓާއި މޫނާއި ހަށިގަނޑުގެ އެހެން ތަންތަނަށް އެކިވަރުގެ ކުދި ޒަހަމްތައް ލިބިފައިވާތީ ހޮސްޕިޓަލްގައި އެ އެންމެނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
"މިވަގުތަށް މިވަރަށް މައުލޫމާތު ދެވެން އޮތީ. އެކަންތަކުގެ ތެރޭގައި ހޮސްޕިޓަލް މިވަގުތަށް އޮތީ ވަރަށް ބިޒީކޮށް،" އެ އޮފިޝަލު ވިދާޅުވި އެވެ.
އައްޑޫގައި މިރޭ ވަޅި ހަރައި ނުރައްކާތެރި ހަމަލާތަކެއް ދީފައިވާއިރު ވެރިރަށް މާލޭގައި ވެސް މިރޭ ވަނީ ބޮޑު މާރާމަރީއެއް ހިންގާ މީހަކު ޒަހަމްކޮށްލާފަ އެވެ.