އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ފްލޮރިޑާގެ އޯލާންޑޯ ސިޓީގެ ނައިޓް ކުލަބަކަށް ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 50 އަށް އަރައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާދީފައިވަނީ އޮމަރު މަތީން ނަމަކަށްކިޔާ މީހެކެވެ. އޭނާ ހަމަލާދީފައިވަނީ ބަޑިންނެވެ. ނަމަވެސް އޭނާ މިހާރު ވަނީ މަރާލާފައި ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އޭނާ ހަމާ ދީފައި ވަނީ ފިރިހެނުން އެއްޖިންގެ ފިރިހެނުން މަސްހުނިވި ގުޅުން ހިންގާ ކްލަބެކެވެ.
އެމެރިކާގެ ފުލުހުން މި ހަމަލާ ޓެރަރިޒަމް ހަމަލާއެއްގެ ގޮތުގައި ސިފަކޮށްފައިވަނީ މި ހަމަލާއަކީ މިހާތަނަށް އެމެރިކާގެ ތާރީހުގައި ވެސް ދެވުނު އެންމެ ނުރައްކާތެރި ބަޑީގެ ހަމަލާ އަށް ވާތީ އެވެ. އަދި އެންމެ ގިނަ މީހުން މިފަހުން މަރުވި ހަމަލާ އެވެ.
އޮމަރު މަތީންއަކީ އެއްވެސް ގުރޫޕަކާ ގުޅުން އޮންނަ މީހެއްކަމެއް އަދި ސާފުވާ ގޮތް ވަނީ ނުވެފަ އެވެ. ހަމަލާ ދިނުމުގެ މަގުސަދު ވެސް އަދި ނޭނގެ އެވެ.
އެ ސިޓީގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.