އެމްޓީސީސީ

އެމްޓީސީސީގެ ސީއީއޯ އަކަށް އިބްރާހިމް ޒިޔަތު ހަމަޖައްސައިފި

Jun 14, 2016

އެސްޓީއޯގެ އިސް މަގާމެއްގައި ހުންނެވި އިބްރާހިމް ޒިޔަތު އެމްޓީސީސީގެ ސީއީއޯ ކަމަށް، ހަމަޖައްސައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ވަނީ ޒިޔަތު އެމްޓީސީސީގެ ބޯޑަށް ހަމަޖެއްސިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓްގެ ޖެނެރަލް މެނޭޖަރަކަށް ހުންނެވި ޒިޔަތު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު އެވެ. އިބްރާހިމް ޒިޔަތަކީ އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި އޮޑިޓަރު ޖެނެރަލް ހަސަން ޒިޔަތުގެ ބޭބެ އެވެ. އޭނާ ވަނީ އަދީބު ނައިބު ރައީސްއަކަށް ހުންނެވި ދުވަސްވަރު، އެސްޓީއޯގެ ބޯޑް މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

އެމްޓީސީސީގެ ސީއީއޯކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމް އެ މަގާމުން ވަކިކުރުމުންނެވެ. އޭނާ މިހާރު ވަނީ އެމްއާރުޑީސީގެ އެމްޑީ ކަމަށް ހަމަޖައްސައިފަ އެވެ.