ނޭޕާލްގައި އަލަށް އެކުލަވާލައި އަމަލުކުރަން ފެށި ގާނޫނު އަސާސީގައި އަންހެނުން ބާރުވެރި ކުރުވަން ބާރުތައް ލިބިދީފައި ނުވާތީ އެގައުމުގެ ބައެއް އަންހެނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެގައުމުގެ އިންޓާ ޕާޓީ ވިމެންސް އެލަޔަންސް ގެ ކުރީގެ ރައީސާ ސާޝީ ޝްރެސްތާ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބައެއް ނޫސްތަކަށް ދިން އިނޓަވިއުތަކެއްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީއަށް ބައެއް އިސްލާހުތައް ރައްޔިތުންނާ ގުޅިގެން ތައްޔާރުކުރާނެ ކަމަށެވެ. ސާޝީ ވިދާޅުވީ ލޯކަލް އިންތިހާބުތައް ބޭއްވުމުގެ ކުރިން ނެޝަނަލް އިލެކްޝަން ކޮމިޝަނާ މަޝްވަރާކޮށް އަންހެނުންނަށް ލިބޭ ގޮނޑީގެ އަދަދު އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
ނޭޕާލްގެ އެކިކަންކޮޅުތަކުގައި އަންހެނުން ދަނީ އަލަށް އެކުލަވާލީ ގާނޫނު އަސާސީ އާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުގެ ބައެއް އަންހެން ބޭފުޅުން ވިދާޅުވީ އިގްތިސާދީ ގޮތުން އަންހެނުންނަށް ބާރުތަކެއް ދީގެން ނޫނީ އަންހެނުން ބާރުވެރި ނުކުރެވޭނެ ކަމަށެވެ.