ސްރީލަންކާ

"ރޯނު"ގެ ގެއްލުންތަކުން އަރައިގަންނަން އޭޑީބީއިން ލަންކާއަށް ދެމިލިއަން ޑޮލަރު

Jun 15, 2016

މިދިޔަ މަހު އަވަށްޓެރި ސްރީލަންކާ އެރި "ރޯނު" ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ލަންކާއަށް ދެ މިލިއަން އެމެރިކާ ޑޮލަރުގެ ދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އޭޑީބީގެ ސްރީލަންކާ މިޝަންގެ ޑައިރެކްޓާ ސްރީ ވިދޯވަތީއާ ހަވާލާދީ ކޮލަމްބޯ ޕޭޖްގައި ބުނެފައިވަނީ ލަންކާއަށް ދެ މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވަނީ ފޮންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ގެއްލުނުން ލިބުނު ލަންކާގެ އެކި ސަރަހައްދުގެ ހާލަތު ބެލުމަށްފަހުގައި ކަމަށެވެ.

"ލަންކާއަށް ލިބުނު ގެއްލުތަކުގެ މިންވަރަށް ބަލާފައި. އަދި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ލަންކާ ސަރުކާގެ މަސައްކަތުގެ ރޭޓް ހުރި މިންވަރާއި ވަސީލަތްތަކަށް ބަލައި އެހީދޭން އޭޑީބީން ނިންމީ،" ވިދޯވަތީ ވިދާޅުވި އެވެ.

އޭޑީބީއިން ބުނީ ލަންކާއަށް ދޭ ދެ މިލިއަން ޑޮލަރުގެ އެހީއަކީ އެ ބޭންކުގެ އޭޝިއާ ޕެސިފިކްގެ ހާދިސާތަކުން އަރައިގަތުމަށް އެހީދޭ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ ކަމަށެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ލަންކާއަށް އެރި ރޯނު ތޫފާނުގައި 24 މީހުން މަރުވެ، ލަންކާގެ 25 ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.