ނޫސްވެރިން

ނޫސްވެރިންގެ ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނުން އޮޅުންފިލުވައިފި

މިހާރު ނޫސްވެރިކަމުގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބައެއް ނޫސްވެރިންނާ ބައްދަލުކޮށްފި އެވެ.

އިދިކޮޅު ހުރިހާ ލީޑަރުން އެކުވެގެން އުފައްދާފައިވާ މި އިއްތިހާދުގެ ފަރާތުން ނޫސްވެރިންނާ ބައްދަލުކޮށްފައިވަނީ އެ އިއްތިހާދުން އުފައްދާފައިވާ ޝެޑޯ ކެބިނެޓުގެ ސިވިލް ރައިޓްސް މިނިސްޓަރު ހަސަން ލަތީފެވެ. ހަސަން ލަތީފު ވަނީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި އެ ކަންކަމަށް ހޯދިދާނެ ހައްލާ ގުޅޭ ގޮތުން ނޫސްވެރިންނާ މަޝްވަރާކުރައްވައި ހިޔާލުތައް ހޯއްދަވައިފަ އެވެ.

ނޫސްވެރިން ވަނީ މިހާރު ރާއްޖޭގެ މީޑިއާއަށް ކުރިމަތިވެފައިވާ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އަދި އެ ކަންބޮޑުވުންތަކަށް ހުރި ހައްލުތައް ވެސް ހިއްސާކޮށްފަ އެވެ.

ހަސަން ލަތީފްގެ ލޯ ފާމްގައި އޭނާ ދައުވަތަކަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، އަވަސް އޮންލައިން، މިނިވަން ނޫސް، ސީއެންއެމް، މިހާރު އޮންލައިން، ރާއްޖެ ޓީވީ އަދި މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިން ބައިވެރިވި އެވެ.