އަވަސް ވީކެންޑް

ނުފެންނަ ޝާޔަން އާއި އޭނާގެ އަޑުނީވޭ ވާހަކަ

  • ސިންގަލް ލައިފް މިވަގުތަށް ވަރަށް މުހިންމު
  • މުއާގެ ހަނދާން އާކުރަން އެއްވެސް ވަރަކަށް ބޭނުމެއް ނުވޭ
  • އެންމެ ބޮޑު ފަހުރަކީ ރޫބީ

ޝާޔަން ޝާހިދު ނުވަތަ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު "އަވަސް ވީކެންޑް" ގައި ފީޗާކުރުމުން ބައެއް ފަރާތްތަކުން ހައިރާންވެ ސުވާލުކޮށްފާނެ އެވެ. މިވަރުގެ ސެގްމަންޓެއްގެ ސަމާލުކަން ދޭން ނުވަތަ އޭގެ ފަލަ ސުރުހީ އަށް އަރުވަން ޝާޔަންގެ ހަޔާތުގައި އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭގައި ވަނީ ކިހާ ވަރެއްގެ އާދަޔާހިލާފުކަމެއް ހެއްޔެވެ؟

އޭނާ އަކީ ހަމައެކަނި ޕީއެސްއެމްގެ "ހިތްގައިމު" މޫނެއް ނޫނެވެ. އައި ނިމިގެން ދިޔަ މޯލްޑިވިއަން އައިޑޮލް އިން ފެނިގެއްލިގެން ދިޔަ އިސް އޮފިޝަލެއް އެކަންޏެއް ވެސް ނޫނެވެ. -- ޝާޔަންގެ އެންމެ މުހިންމު ކާމިޔާބީ އަކީ، އަންހެނެއްގެ ގޮތުގައި އޭނާ ނިކަން ޒުވާން އުމުރުގައި ހޯއްދަވާފައިއެވާ އާދަޔާހިލާފު ކާމިޔާބީތަކެވެ.

އެހެންކަމުން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު )މުއާ( އަކީ އެއް އިރެއްގައި ޝާޔަންގެ ފިރިއަކަށްވިޔަސް، އޭނާގެ ވާހަކަ ވެސް މި އަންނަނީ މި ހުރިހައި ވާހަކަތަކެއްގެ ފަހަތަށެވެ. ހަގީގަތަކީ މުއާއެއްގެ ވާހަކަ ދައްކަން ޝާޔަން މިހާރު އެއްގޮތަށް ބޭނުންވެސް ވެވަޑައިނުގަތުމެވެ.

ސަބަބަކީ ކޮބައި ހެއްޔެވެ؟

"ސިންގަލް މަމް" އެއްގެ ގޮތުގައި ޝާޔަން ވިދައިބަބުޅަނީ އެވެ. އެކަމަކު އަދި އެއަށް ވުރެން ވެސް ހާއްސަ ސިފައަކީ، މިނިވަން، މަސައްކަތްތެރި އަންހެނާ އެންމެފަހުން އޭނާ ވެސް ބޭނުންވެ ވަޑައިގެންނެވި ގޮތަށް ޗޭނުން ކޮށައިލެވުމެވެ.

ތިރީގައި މި އޮތީ ޝާޔަންގެ ވަރަށް ހާއްސަ އިންޓަވިއުއެކެވެ. އަވަސް ވީކެންޑްގެ މި އަދަދުގައި ޝާޔަންގެ ވާހަކަ އަހަރެމެން ސެލެބްރޭޓްކުރާނީ އައިޑޮލްގެ ސްޓޭޖުން ފެނުނު ޕީއެސްއެމްގެ އިސް އޮފިޝަލްގެ ގޮތުގައެއް ނޫނެވެ. މިނިވަން، ހުނަރުވެރި، އިލްމީ މަންމައެއްގެ ގޮތުގަ އެވެ.

އެންމެ ފުރަތަމަ ވެސް ހިނގާ ބަލަ ޝާޔަން، ވާން ބޭނުންވި އަންހެނާގެ ވާހަކައިން ފަށައިގަންނަމާ. މިއަދު އަހަރެމެންނަށް މި ފެންނަނީ ވަރަށް ޒިންމާދާރު، ވަރަށް ހިންގުންތެރި އަދި އެހާމެ ބިޒީ، ބާރުގަދަ އަންހެނެއްގެ ގޮތުގައި، މިއީ ތަ އަބަދުވެސް ހުވަފެނަކީ؟

"އަސްލު ޝާޔަން ބޭނުންވަނީ ވަރަށް ސްޓްރޯން، ވަރަށް ޕަވާފުލް، ދެން އަނެއްހެން ބުނަންޏާމު ވޯކަހޯލިކް މީހެއްގެ ގޮތުގައި އުޅެން. ކުޑައިރުއްސުރެން ވެސް ބޭނުންވެފައި ހުރީ ބިޒްނަސްވުމަން އަކަށްވާން. މިކަހަލަ ބިޒީ ލައިފެއްްގައި އުޅެން ބޭނުންވެފައި ހުރީ. އެކަމަކު އަދިވެސް އެބަހުރި ހާސިލުކުރަން ބޭނުންވާ ވަރަށް ބައިވަރު ލަނޑުދަނޑިތައް. އެހިސާބަށް އަދިވެސް ރީޗްވާނަން. އަޅުގަނޑުގެ މި މަސައްކަތް ހުއްޓައެއް ނުލާނަން"

"ސްކޫލްގައި ކިޔެވިއިރުވެސް އަޅުގަނޑުގެ ހޮވުމަކަށްވީ ކޮމާސް ސްޓްރީމް. އެހެންވީމަ އެހިސާބުން ފެށިގެން ވެސް ބިޒްނަސްއަކީ މައިންޑްގައި އަބަދުވެސް ވަރަށް ބޭނުންވާ އެއްޗެއް. އެކަމަކު އޭރު އެގޮތަށް ސްޓްރީމެއް ޗޫޒްކުރާއިރު މަންމަ ބޭނުންވެދާނެ މަންަމަ ބޭނުންވެދާނެ ޑޮކްޓަރަކަށްވާން. ބައްޕަ ބޭނުންވެދާނެ އެހެން މީހަކަށްވާމް. އެގޮތަށް އެއްފަހަރަކު ބައްޕަ ބުނީ ލޯޔަރަކަށް ވުމަށޭ ބޭނުންވަނީ ވެސް."

"އަޅުގަނޑު ބޭނުންވެފައި ހުރީ ޑޮކްޓަރަކަށްވާން. އެއީ މެޑިކަލީ ކަމުގައިވިޔަސް ނުވަތަ އަނެއްހެން ކަމުގައި ވިޔަސް. މިހާރު ވެސް މަސައްކަތްކުރަމުން މި ދަނީ"

މިވަރުގެ ބޮޑު ކާމިޔާބީއެއް ހޯދުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން. ވަކިން ހާއްސަކޮށް ފިރިހެނުންގެ ބާރުގަދަ މުޖުތަމައެއްގައި. ޓެލް އަސް އެބައުޓް ޔުއާ ސްޓްރަގްލްސް؟

"އަންހެނެއްވީމަ ވަކި ކަހަލަ ދާއިރާއަކުން ވަކި މިވެހި ހިސާބަކަށް އަރަންވީމަ ނުވަތަ ދާންވީމަ ތަންކޮޅެއް އުނދަގޫވާ ކަންތައްތައް ވެސް އެބަހުރި. އެއީ ދެން އެންމެނަށް ވެސް އެނގޭނޭ ކަންތައްތައް. މިސާލަކަށް އަޅުގަނޑުގެ ހަޔާތުގެ މިހިސާބަށް ބަލައިލިޔަސް އަންހެނަކަށްވުމުން ތައުލީމު ހާސިލުކުރުމުގައި ވެސް ތަޖުރިބާކުރަން ޖެހުނު ކަންތައް ފާހަގަކޮށްލެވޭ. ބޭރުގައި، އެކަނި ހުރެގެން ކިޔަވަން ޖެހުމަކީ ވެސް ވަރަށް ބޮޑު ސްޓްރަގަލްއެއް."

"ދެން އަނެއްކާ ވިހައިގެން އަޅުގަނޑު ފެށީ އަޅުގަނޑުގެ ކިޔެވުން. ބޭބީ އަށް ސިކްސް މަންތްސްގައި ވެސް ޑޮކްޓަރަކަށް ވާން ބޭނުންވަނީ. މީގައި އޮތް ވާހަކަ އަކީ، އަންހެނަކަށް ވެގެން ކުއްޖަކު ލިބޭ ހިސާބު ދޫކޮށް ރައްކާތެރި ހިސާބަކަށް އަންނާށޭ. ހުވަފެން ހަގީގަތަކަށް ހަދަން ބޭނުން ނަމަ ޖެހޭނީ ގަދައަޅައި މަސައްކަތްކުރުން."

އަޅުގަނޑުމެންނަށް ޝާޔަން މި ފެންނަނީ ނިކަން ބާރުގަދަ، ހާއްސަކޮށް ސިޔާސީ ގޮތުން ނުފޫޒުގަދަ ފިރިހެނުންތަކެއްގެ މެދުގައި ލީޑަޝިޕް ނަންގަވަމުން ގެންދަވާތަން. ބޯޑްގައި ހިމެނި ވަޑައިގަންނަމާ ހަމައެކަނި އަންހެން މޫނަށް ވުމަކީ ކޮން ކަހަލަ އިހްސާސްތަކެއް؟

"ރާއްޖެ އަށް ބަލާއިރު ދިވެހި މީޑިއާގެ، ސްޓޭޓް މީޑިއާގެ ޓޮޕް މޭނޭޖަރަލް ލެވެލްއަކަށް. މި ލެވެލް އަށް އަންހެނަކު އައި ފުރަތަމަ ފަހަރު މިއީ. އެހެންވީމަ މިއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަނެއްހެން ބުނަންޏާމު އައި ބްލީވް އައި ޑިވާޒް ޓުބީ ހިއާ. އެއީ ކެރިއާއަށް ބެލިޔަސް އަދި ކިޔެވުމަށް ބެލިޔަސް އައި ޑިޒާވްޓްުބީ ހިއާ."

"ބޯޑްގައި އިންނަ ހަމައެކަނި އަންހެން މީހާ އަށް ވެގެން އިހްސާސްކުރެވެނީ އެހެން މީހުންނަށް ވެސް މިސާލެއް ދެއްކުމަށް. ވިސްނައިދޭން ބޭނުންވަނީ އަންހެނުންނަށް ވެސް މިކަހަލަ ފީލްޑްތަކެއްގައި ބައްދަލުކުރެވިދާނެހެން."

އެހެންވީމަ ޝާޔަން ގަބޫލުކުރަންތަ ރާއްޖޭގައި އަންހެނުންގެ ބާރު ވަރަށް ގަދަ ކަމަށް. އާންމުކޮށް އިވޭނީ ތަފާތުކުރުމުގެ މައްސަލަ. ކޮބައިތަ ހިޔާލަކީ؟

"ތިއީ ވަރަށް ސަބްޖެކްޓިވް ޓޮޕިކެއް. އަންހެނުން ބާރުވެރިކުރުވުން. ދުނިޔޭގައި ވެސް އަދި މިހާރު މިދުވަސްކޮޅު ވަރަށް ސަކަރާތްވެގެން މި އުޅެނީ. އެކަމަކު އަންހެނުން ބާރުވެރިކުރުވާށޭ ކިޔާފައި ކިތަންމެ ވަރަކަށް އެންޖީއޯ ހެދިޔަސް އަދި ކިނަންމެ ވަރަކަށް ބަަޔަކު މަސައްކަތްކުރިޔަސް އެ މީހާ އަމިއްލައަކަށް އެމީހާގެ ސެލްފައި އެކަން ނެތިއްޔާމު އެމީހަކު ބާރުވެރިއެއް ނުކުރެވޭނެ."

"ރާއްޖޭގެ (ތާރީޚަށް ބަލައިލާއިރު) އޭރު ވެސް ދިވެހިންގެ މެދުގައި އަންހެނުންގެ ބާރު ގަަަދަ. އެކަމަކު ބައެއް މީހުންނަށް ވިސްނިފައި މި އޮންނަނީ އަންހެނުން ތިބެގެން ޖެހޭނީ ގޭގައޭ. މިހާރު އަސްލު އަޅުގަނޑުމެން ގަބޫލުކުރަންވީ ހަމަހަމަކަން."

މިހާރު ވެސް ތިޔަ ހުންނެވީ ހަމަ ސިޔާސީ މަގާމެއްގައި އެހެންނޫންތޯ. ވަރަށް ޒުވާން އުމުރުގައިކަން ވެސް ފާހަގަކޮށްލަން ޖެހޭ. ވިސްނުން އެބަހުރިތޯ ނުވަތަ ޝައުގުވެރިވެ ވަޑައިގަންނަވާތޯ މިއަށް ވުރެ ބާރުގަދަ ނުވަތަ ބޮޑު މަގާމަކަށް.؟ މިސާލަކަށް އެކްޓިވްކޮށް ސިޔާސީވެ ވަޑައިގެންފާނެ ހެއްޔެވޭ؟

"މިހާރު ވެސް އަނެއްހެން ބުނަންޏާމު މިއީ ވެސް ސިޔާސީ މަގާމެކޭ ބުނެވިދާނެ. އެކަމަކު އަޅުގަނޑުގެ ވިސްނުމަކު ނެތް ވަކި ޕާޓީއަކާ ގުޅިގެން، މި ބުނީ އެކްޓިވިސްޓަކަށް ދެން އުޅޭކަށް. އަބަދުވެސް ބޭނުންވަނީ އަޅުގަނޑުގެ ކިބައިގައި ހުރި ކަމަށާއި ތަޖުރިބާއެއް ޑެލިވާކުރުން."

މި ދާއިރާގައި މިގޮތުގައި ދެމިހުންނަވާއިރު ކޮބައިތޯ ކުރިމަތިވެ ވަޑައިގަންނަވާ ގޮންޖެހުންތަކަކީ؟ އަދި ކުރިން މަސައްކަތްކުރެއްވި ދާއިރާތަކާއި މިހާރުގެ ތަފާތު ކުޑަކޮށް ކިޔާލަދީބަލަ؟

"ކުރިން އަޅުގަނޑު މަސައްކަތްކުރިން އެސްޓީއޯގެ މާކެޓިން މެނޭޖަރަކަށް ވެސް. މެގަ މޯލްޑިވްސްގައި ވެސް މަސައްކަތްކުރިން. ކުރިން ޓީވީ ޝޯ ވެސް ހޯސްޓުކުރިން. އެކަމަކު މެނޭޖަރަލް ސްކިލްސް އަޅުގަނޑުގެ ބޮޑަށް ހުންނާނީ"

ޝާޔަން ތިއީ ވަރަށް ބިޒީކޮށް އުޅުއްވާ އަންހެނެއް. އަންހެނުން މިހާ ބިޒީކޮށް ލީޑަޝިޕް ނަގައިގެން މަސައްކަތްކުރުމަކީ ބައެއް ފިރިހެންނުން އެހާ ހިތްހަމަޖެހޭ ކަމެއް ނޫން. ކޮބައިތަ ޝާޔަންގެ ހިޔާލަކީ؟

"ބައެއް ފިރިހެނުން އަދިވެސް އުޅޭހެން އަޅުގަނޑަށް ހީވަނީ ބައެއް އަންހެނުން މިގޮތަށް ލީޑަޝިޕް މާ ބިޒީ ލައިފެއްގައި އުޅުނީމަ ހިތްހަމަނުޖެހޭ މީހުން. އަޅުގަނޑަށް ހީވަނީ އޭގެ ޕަސެންޓަށް ބަލައިފި ނަމަ މި ދަންނަވާ ކަހަލަ ކަންކަމުގެ ވިސްނުން ހުންނަ ފިރިހެނުން. ޝާޔަން ދެކޭ ގޮތުގައި ހަމަހަމަކަން އޮންނަން ޖެހޭނެ. އެއީ ވޯކް ލައިފްކަމުގައި ވިޔަސް. ޕާސަނަލް ލައިފްގައި ކަމަށްވިޔަސް. އެ ބެލެންސްކުރަން ޖެހޭނީ. ދެމީހުން ވެސް މަސައްކަތްކޮށްގެން އޭތީ މަސައްކަތްކުރާނީ ވެސް."

ޝާޔަން އަކީ މަންމައެއް. އަދި މިހާރު ސިންގަލް މަންމައެއް. ސިންގަލް މަންމައެއްގެ ގޮތުގައި ލައިފް ސިފަކުރައްވާނީ ކިހިނެތްތޯ އަދި މިހާ ބުރަކޮށް އުޅުއްވަމުން އަމިއްލަ ދިރިއުޅުމަށް ވަގުތު ހޯއްދަވާ ގޮތާއި ކަންތައް ހަމަޖައްސާ ގޮތް ކިޔައިދީބަލަ؟

"މިހާރު ސިންގަލް މަންމައެކޭ ބުނެވިދާނެ. އެކަމަކު ކޮންމެ ފެމިލީއަކަށް ވެސް އެންމެ މުހިންމުވާނީ މެރިޑް ލައިފެއް. ބަޓް އައި ކޭން މެނޭޖު އަނެއްހެން ބުނަންޏާމު ސިންގަލް ލައިފެއް ވެސް. ބަޓް ސިންގަލް ލައިފަކަސް، މެރިޑް ލައިފަކަސް، ކޮންމެ ލައިފެއްގައި ހުންނާނެ ކަމުދާ ކަންތަކާއި ކަމުނުދާ ކަންތަކެއް."

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް އެކަނި ވެސް މިކަން ކުރެވޭނެއެ. އަދި އެބަކުރެވޭ ޔަގީނަށް ވެސް ސިންގަލް ލައިފް މެނޭޖު. ސިންގަލް ލައިފް މެނޭޖުކުރުން އެހާ އީޒީއެއް ނޫން. ވަރަށް އުނދަގޫ އަސްލު. ފެމިލީގެ ސަޕޯޓް ވަރަށް ބޮޑަށް ލިބިގެން ހާއްސަކޮށް މަންމަ އާއި ކަޒިންސްގެ ސަޕޯޓް ވަރަށް ލިބިގެން މިހެން މި އުޅެވެނީ."

ބުނެވިދާނެތަ ޝާޔަން އާއި މުއާގެ ދިރިއުޅުން ރޫޅުނު ސަބަބަކީ މި ބިޒީ ދިރިއުޅުއްވުން ކަމަށް؟ ވަރަށް އުފަލުގައި އުޅެމުން ދަނިކޮށް ކުއްލިއަކަށް ވަކިވިތަން މި ފެނުނީ. ކޮބައިތަ އަސްލު މައްސަލައަކީ؟

"އަސްލު ޝާޔަން އާއި މުއާ ދުރުވާން ޖެހުނީ ދެ މީހުންގެ ކިބައިގައި ވެސް ހުރި ތަފާތު ކަންތައްތަކެއް ނުވަތަ ސިފަތަކަކާ ގުޅިގެން. ދެން އެހާ ޑީޓެއިލްޑްކޮށް އަނެއްހެން ކިޔާދެވޭކަށް ނެތް. ޑިފަރެންސްސަސްތަކެއް ހުރޭ އެކަމް އިޓްސް ނޮޓް ބިކޯޒް އޮފް ޝާޔަންގެ ބިޒީ ލައިފަކާ ހެދިއެކޭ. އެހެނެއްވެގެނެއް ނޫން."

"ހަމަ ކުރިންސުރެން ފެށިގެން ވެސް ދެ މީހުންގެ ދެމެދުގައި ހުރި މައްސަލަތަކެއްގެ ސަބަބުން. ރަނގަޅުކުރަން މަސައްކަތްކުރަމުން ދިޔަތާ ވެސް ވަރަށް ދުވަސް. އޭތި ވޯކް ނުކުރާ ހިސާބަށް ދިޔައީމަ ނިންމީ ވަކިވާން."

މިހާރު އަދި ޝާޔަންގެ ޒިންމާތައް ކުރިއަށް ވުރެ ވެސް ބޮޑުވެފައި މި ވަނީ. ސިންގަލްވީމަ. ހީވޭތަ ކުއްޖަކު ގޮވައިގެން ތިހާ ބިޒީކޮށް އުޅުއްވަމުން މި ގޮތުގައި ކުރިއަށް ދެވިދާނެ ކަމަށް؟

"ޝާޔަންގެ އެބަހުރި ވަރަށް ކޮންފިޑެންސް މި ލައިފް މިގޮތަށް އުޅެވިދާނެކަމުގެ. އެކަމަކު އިޓްސް އޯލްވޭއިސް ގުޑް ޓް ހޭވް ސަމްވަމް ބިސައިޑް ޔޫ. މިސާލަކަށް ސަޕޯޓް ދޭން ވެސް. ނުވަތަ ސަކްސަސްއެއް ޝެއާކޮށްލަންވިޔަސް. ލައިފަކީ ހަމަ ވަރަށް ދިގު ޖާނީއެއް. އެ ޖާނީގައި ހަމަ ކައިރީގައި މީހަކު ހުރުން ވަރަށް ބޭނުން ވެސް ވާނެ. އެކަމަކު ނެތިއްޔާ އޭގެ މާނަ އަކީ އިޓްސް ނޮޓް ދި އެންޑް އޮފް ދަ ވޯލްޑްއޭ."

"ދެން ކޮންމެ ކަމެއް ވެސް ފޭސްކޮށްގެން އުޅެވޭ ވަރުގެ މީހެއް ޝާޔަން އަކީ. ވަރަށް ކޮންފިޑެންޓާއެކު މި ބުނަނީ."

ސިންގަލްވިތާ އަދި މާ ގިނަ ދުވަހެއް ނުވޭ. އެކަމަކު ސިންގަލް ލައިފާއި މެރިޑް ލައިފުން ގޮތެއް ހިޔާރުކުރަން ބުނެފި ނަމަ ކޮބައިތަ ޝާޔަންގެ ހޮވުމަކީ؟ އެއީ ކީއްވެ؟

"ސިންގަލް ލައިފާއި މެރިޑް ލައިފުން ނަގަންޏާމު... ކުރިން ވެސް ބުނިގެން ދެ ލައިފްގައި ވެސް ހުންނާނެ ރަނގަޅު ކަންތަކާއި ގޯސް ކަންތައް. މެރިޑް ލައިފްގައި ވެސް ހުންނާނެ ވަރަށް ރަނގަޅު ކަންތައް. ދެން މި ބުނާ ދިގު ޖާނީގައި ކޮންމެ މީހަކު ވެސް ބޭނުންވާނެ މެރީކުރަން. އެކަމަކު އަޅުގަނޑު އަދި މި ބުނަނީކީ މާދަމާ ނުވަތަ ވަރަށް އަވަހަކަށް މީހަކާ އިންނަ ވާހަކައެއް ވެސް ނޫން."

"އެކަމަކު ސިންގަލް ލައިފް، އައި އޭމް އޯކޭ ވިތު ދިސް، ކޮންމެ ވެސް ދުވަހަކުން ކައިރީގައި މީހަކު ބޭނުންވާނެ ޝެއާކޮށްލަން. އައި ކޭން މެނޭޖު އަ ސިންގަލް ލައިފެއް ވެސް. އައި އޭމް މެނޭޖިން."

ޝާޔަންގެ ކުރީގެ ފިރިމީހާ އަކީ ވަރަށް މަޝްހޫރު މޫނެއް. ފިރިއެއްގެ ގޮތުގައި މުއާ ސިފަކުރާނީ ކިހިނެތް؟ އަދި ޝާޔަންގެ ކާމިޔާބީގައި މުއާ އަށް ކްރެޑިޓް ދޭނީ ކިހާ ވަރަކަށްތޯ؟

"މުއާ އަކީ މުއާގެ ގޮތުގައި ވަރަށް ރަނގަޅު މީހެއް ހަމަ. ދެން ކޮންމެ ކަޕްލްއެއްގަވެސް ހުންނާނެ ގޯސްކަންތައްތަކާއި ރަނގަޅުކަންތައްތައް ވެސް."

"ޝާޔަންގެ ކާމިޔާބީގައި ދޯ، ކާމިޔާބީގެ އެ ޖާނީގައި މުއާ ވަރަށް ބޮޑު ރޯލެއް އަދާކޮށްފައިވޭ އެކަމަކު ކާމިޔާބީ އަކީ ވަޓް އައި ޑިޒާވް، ހޯދަން މަސައްކަތްކުރި އެއްޗެއް، ލިބިފަ ހުރި ހޯދަން މަސައްކަތްކުރި އެއްޗެއް."

މީހުން ބުނޭ ޝާޔަން މިއަދު ހުރި މަގާމަށް އާދެވުމުގައި މުއާގެ ސިޔާސީ ބާރާއި ނުފޫޒު މުހިންމު ރޯލެއް ކުޅުނު ކަމަށް. އެއަށް ބުނެލާނީ ކީކޭ؟

"މީހުން ކިޔާއެއްޗެއް. އެކަމަކު ޝާޔަން ގަބޫލުކުރާ ގޮތުގައި ޝާޔަން އަށް ހައްގުވާ މަގާމެއްގައި އަޅުގަނޑު މިހުރީ. ދެން އޮފްކޯޒް، ފިރިއެއްގެ ގޮތުގައި މުއާ ވަރަށް ސަޕޯޓް ދިން މި މަގާމުގައި ދެމިހުރުމަށް ވެސް މިއަދާ ހަމަ އަށް ވެސް."

ލެޓްސް ޓޯކް އެބައުޓް މޮޑާން ރިލޭޝަންޝިޕްސް. ވަރީގެ މައްސަލަ މި އޮތީ ގައުމުގެ ޒުވާނުންގެ މެދުގައި ވަރަށް ބޮޑުކޮށް. ޝާޔަން ގަބޫލުކުރާ ގޮތުގައި ޒުވާން ދެމަފިރިންނާއި ލޯބިވެރިން މިހާ ފަސޭހައިން އަވަހަށް ފެއިލްވާ ސަބަބަކީ ކޮބާ؟ އަމިއްލަ ތަޖުރިބާ ވެސް ހިއްސާކުރެވިދާނެ؟

"ތިއަށް ބުނެލަން އޮތީ އަސްލު ކޮންމެ ރިލޭޝަންޝިޕެއް ވެސް ވޯކްކުރާނީ ދެ މީހުންގެ ޓްރަސްޓާއި ލޯތްބާއި ދެން އަނެއްހެން ބުނަންޏާމު ކޮންމެ ކަމެއްގައި ވެސް އޭތި ވޯކް އައުޓްކުރަން އެނގިއްޖެއްޔާމު. އެހެންނޫނިއްޔާމު އަދި މޮޑާންވިޔަސް ނުވަތަ މޮޑާންނޫނަސް ރިލޭޝަންޝިޕެއް ގިނަ ދުވަހަށް ދިގުދެމިގެންދާން ވަރަށް އުނދަގޫވާނެ."

މިސާލަކަށް މުއާ އަށް ބުނެވިދާނެތަ ތި ދެ މީހުން ރުޅިވާން ޖެހުނީ ޝާޔަންގެ މައްސަލައަކުން ކަމަށް؟

"މުއާއަކަށް ނުބުނެވޭނެ ޝާޔަން އަކީ ވަފާތެރި ނޫން މީހެކޭ. ހަމަ ވަރަށް ކޮންފިޑެންޓާ އެކު މި ބުނަނީ މިހެން. ޝާޔަން އަކީ ވަރަށް ލޯޔަލް މީހެއް އެންމެ ފަހު ދުވަހާ ހަމަ އަށް ވެސް. ވަރަށް ކޮންފިޑެންޓާއެކު މި ބުނަނީ."

ދިރިއުޅުމުގެ މިހާ ހިސާބަށް އައިއިރު ކޮބައިތަ ޝާޔަންގެ އެންމެ ބޮޑު ކާމިޔާބީއަކީ. އެކަމަކާ މެދުއެންމެ ބޮޑަށް ފަހުރުވެރިވާ ކަމަކީ؟ ކީއްވެ؟

"ރޫބީ، އެއީ ޝާޔަންގެ ދަރިފުޅު. އެންމެ ބޮޑު ކާމިޔާބީއަކަށް ނަގާނީ ރޫބީ. ލައިފްގަ ދެން ހުރިހާ ވެސް އެއްޗަކީ އެއީ. ރޫބީ އަށް ފަހު އެންމެ ބޮޑަށް ފަހުރުވެރިވަނީ އެޑިއުކޭޝަންގައި ހޯދާފައިވާ ކާމިޔާބީތަކަށް."

ބުނެވިދާނެތަ ޝާޔަން އަކީ ލަގްޖޫރިއަސް ލައިފްސްޓައިލަކަށް ލޯބިކުރާ އަންހެނެކޭ؟ ކޮބައިތަ ޝާޔަންގެ ލައިފްސްޓައިލްއަކީ؟

"ބުނެވިދާނެ. ކޮންމެ މީހަކު ވެސް ބޭނުންވާނެ ވަރަށް ރަނގަޅަށް އުޅެން. އެކަމަކު އަމިއްލަ އަށް ހޯދާ އާމްދަނީއަކުން އުޅެން ބޭނުންވަނީ އެގޮތަށް. ދެން އަޅުގަނޑު މިހާރު ވެސް ދިރިއުޅެމުން މި ގެންދަނީ ހަމަ އަމިއްލަ އަށް ލިބޭ އާމްދަނީއަކުން. އިޓްސް އަ ޕްރައުޑް މޮމެންޓް. އަމިއްލަ އަށް ބޭނުންވާ ވަރުގެ ލައިފްސްޓައިލެއް އަމިއްލަ އާމްދަނީއަކުން އުޅެވޭތީ."

  • ފޮޓޯގްރެފީ އެންޑް ރީޓަޗިން: މިލްޒީރޯ ނިޝާން
  • މޭކަޕް ހެއާ އަދި ސްޓައިލިން: ޖަސްޓިން
  • ވޯޑްރޯބް: ލުސިޑް ޑްރީމްސް
  • ވީޑިއޯ އެންޑް އެޑިޓިން: އަހުމަދު ޝުރާއު / އަވަސް