ބޮލީވުޑް

ކައިވެނީގެ ހަދިޔާއަށް ސަލްމާން ގެއެއް ދިން ވާހަކަ ބިޕާޝާ ދޮގުކޮށްފި

Jun 18, 2016
1

ބޮލީވުޑްގެ ދެތަރިން ކަމަށްވާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރުގެ ކައިވެނީގެ އުފަލުގައި ބޮލީވުޑްގެ ތަރިންނަށް ބޭއްވި ހާއްސަ ޕާޓީގައި ވަނީ ފިލްމީ ދައިރާގެ ނަން މަޝްހޫރު ތަރިން ބައިވެރިވެފަ އެވެ.

މިޕާޓީގައި ބައިވެރިވި ތަރިންގެ ތެރޭގައި ބިޕާޝާގެ ގާތް އެކުވެރިއެއް ކަމަށްވާ ސުޕަސްޓާ ސަލްމާން ޚާންވެސް ހިމެނެ އެވެ. މިދެތަރިންގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ސަލްމާން ބިޕާޝާ އަށް 10 ކްރޯޑް (100 މިލިއަން) ރުޕީޒްގެ އަގުހުރި ގެއެއް ހަދިޔާކުރި ކަމުގެ އަޑުތަކެއް އަރާފަ އެވެ.

ކައިވެނި ކުރިތާ ދެމަހެއްހާ ދުވަސް ވާން ކައިރިވެފައިވާއިރު، ހަދިޔާއެއްގެ ގޮތުގައި ސަލްމާން ބިޕާޝާ އަށް ގެއެއް ދިން ވާހަކަތައް ދެކެވެނުން ދަނިކޮށް ބިޕާޝާ ވަނީ މިވާހަތަށް ދޮގުކޮށްފަ އެވެ. ބިޕާޝާ ކުރި ޓްވީޓެއްގައި ވަނީ މިއީ މިހާތަނަށް އޭނާ އަޑުއެހި އެންމެ ބޮޑު ތާކުންތާކު ނުޖެހޭ ވާހަކަ ކަމަށާއި އެއްވެސް މީހެއްގެ އަތުން އެފަދަ އަގުބޮޑު ހަދިޔާއެއް އޭނާ ހޯދަންވީ ކީއްވެގެން ކަން ނޭނގޭ ކަމަށް ބުނެފަ އެވެ.

ބިޕާޝާ އާއި ކަަރަން ދިމާވެފައިވަނީ މިދިޔަ އަހަރު ނިކުތް ފިލްމު "އެލޯން" ގެ ޝޫޓިންގެ ތެރެއިންނެވެ. އޭގެފަހުން ދެތަރިންގެ ދެމެދުގައި ގާތްގުޅުމެއް އުފެދި، ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކޮށްފައިވަނީ އެޕްރީލް 30 ވަނަ ދުވަހު އެވެ.