ރޯދަ މަހާ ރޯއްޖާ

ބޯވެލީގެ މަސްހުނި

Jun 18, 2016
3

މީރު މަސްހުންޏެއް މޮޑެލުމަކީ އެދެން އެހާ ބޮޑު ކަމެއް ވެސް ނޫނެވެ. އެކަމަކު ބައެއް މީހުންނަށް ރަނގަޅު މައުލޫމާތު ލިބިފައި ނުހުންނާތީ މަސްހުން ނުހަދައި ދޫކޮށްލަ އެވެ. އަސްލުގައި ރޯދަމަހުގެ އިރު އޮއްސޭގަޑީގައި ލުއި ގޮތެއް ހަދާލަންޏާ މަސްހުނި ހުރުން މުހިންމެވެ. ފަތް ލައިގެނެ ފެހި މަސްހުންޏެއް ތައްޔާރު ކުރުން ވަރަށް ރަނގަޅެވެ.

މިއީ ހޯދަންވީ އެއްޗި

ދެޖޯޑު ކޮށާފައިހުރި ފަތް ބޯވެލި،
އެއް ޖޯޑު ވަޅޯމަސް ( ކޮށާފައިހުރި)
އެއް ފިޔާ ( ތުނިކޮށް ކޮށާފައިހުރި)
ދެ ރޯމިރުސް ( ހިމުންކޮށް ކޮށާފައި)
ދެ މޭޒުމަތީ ސަމުސާ ލުނބޯހުތް
2 /1 ޖޯޑު ކާށިހުނި
ވަރަށް ކުޑަ ލޮނުކޮޅެއް
ވަރަށް ކުޑަ ލޮނު ކޮޅެއް ބޭނުން ކުރަންޖެހެނީ ބޯވެއްޔަކީ އޭގެ ޒާތުގައި ލޮނު ގަދަ ފަތަކަށްވާތީ އެވެ.

ހިނގާ މޮޑެލަމާ

ފިޔާ އާއި މިރުހާއި ހުތާއި ލޮނުކޮޅު އެއްކޮށްލާށެވެ. ރަނގަޅަށް ރަހަ ނުކުންނަން ދެނެވެ. އެގޮތަށް މޮޑެލުމަށްފަހު ހުންޏާއި މަސް އަދި ބޯވެލި ފަތްކޮޅު އެއްކޮށް ލާށެވެ. މިއީ މި ފެހި ބޯވެލީގެ މަސްހުންޏެވެ. ރޮށްޓާއި އެއްކޮށްވެސް މީރުވާނެއެވެ. ރޮއްޓާ ނުލައި ވަކިން ވެސް މީރުވާނެ އެވެ.