ރޯދަ މަހާ ރޯއްޖާ

ޕްރޯންސް ފްރައިޑް ރައިސް

Jun 19, 2016

ޕްރޯންސް އަޅައިގެން ކައްކާ ބަތަކީ ރަހަ މީރުކޮށް ތައްޔާރުކޮށްލެވިއްޖެ ނަމަ ކޮންމެ ގަޑިއެއްގައި ވެސް ކާލަން މީރު، ސުފުރާގެ އެހެން ބާވަތްތައް ވެސް ކުޅު ދިޔައިކޮށްލާ ބަތެކެވެ. އެހާ ބައިވަރު ތަކެއް ވެސް ހޯދާކަށް ނުޖެހޭނެ އެވެ. ތަންކޮޅެއް އަގު ހުރި އެއްޗަކަށް ހޯދަން ޖެހޭނީ ވެސް ޕްރޯންސް އެވެ.

އެހާ ބައިވަރެއް ނޫން

ހަމަ އަސްލުވެސް އެހާ ބައިވަރު ތަކެއް ހޯދާކަށް ނުޖެހޭނެ އެވެ. ތައްޔާރުކޮށްލާން ވެސް އެހާ ދައްޗެއް ނުވާނެ އެވެ. ފުރަތަމަ ކަމަކަށް ފަސް ޖޯޑް ބަތް ތައްޔާރުކޮށްލާށެވެ. އެއާ އެއަށްވުރު މިނަކަށް ވާނީ ދެ ޖޯޑު ޕްރޯންސް ކަމަށް ބަލާށެވެ. ދެ ޖޯޑަކަށް ވާވަރަށް ފިޔާ ކޮށާފައި ތިރީގައި މިވާ ތަކެތި ހޯދާލާށެވެ.

މޭޒުމަތީ ސަމުސަލެއްގެ ޗިސްކުރި އިނގުރާއި ލޮނުމެދު
ހަތަރު ހިކިމިރުސް ކޮށާފައ
މޭޒުމަތީ ސަމުސަލެއްގެ ވިނިގާ
މޭޒުމަތީ ސަމުސަލެއްގެ ސޯޔާސޯސް
ކެރެޓެއް ތަންކޮޅެއް ތުނިކޮށް ގަނާފައި
ބައި ޖޯޑްގެ ހިކިމޭބިސް ކަދުރު
ލޮނުކޮޅެއް

ފަށަންވީ މިހާރު

އުނދުންމައްޗަށް ތަވާ އުދާލާފައި ތެޔޮފޮދެއް އަޅާލުމަށްފަހު ހޫނުވުމުން ފިޔާ، މިރުސް، ޕްރޯންސް، ކެރެޓް، އަދި ހިކިމޭބިސްކަދުރު ވެސް އެއްކޮށް އަޅާލާފައި ޕްރޯސްސްކޮޅު ރޯ ފިލުމުން ބަތްފިޔަވައި ހުރި ބާކީތަކެތި އެއްކޮށްފައި މިނިޓެއްހާއިރު ވުމުން ބަތްކޮޅު އެއްކޮށްފައި ރަނގަޅަށް ފަސް މިނިޓްވުމުން އުނދުންމަތިން ބާލާށެވެ. މި ތައްޔާރުކޮށްލާކަށް 20 ނުނަގާނެ އެވެ. އެހާ މީރުވެސް ވާނެ އެވެ.