ޓޫރިޒަމް

ރިސޯޓް ހަދަން އަނެއްކާވެސް ފަސްމަންދޫ ކުށްޔަށްދީފި

Jun 19, 2016

ރިސޯޓެއް ތަރައްގީ ކުރަން ރ. އަތޮޅުގެ ފަސްމެންދޫގައި އެމިލް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ދީފި އެވެ.

މި ރަށް ކުށްޔަށް ދޫކުރި އެމިލް ރިސޯޓް ޕްރައިވެޓް ލިމިޓެޑަކީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ފަސްމަންދޫ ކުށްޔަށް ދޫކުރަން މިއަދު ސޮއިކުރީ 50 އަހަރަށެވެ. އެ ރިސޯޓް ތަރައްގީކޮށް 24 މަސް ދުވަހުން ހުޅުވަންޖެހެ އެވެ.

މީގެ ކުރިން ވެސް ރިސޯޓް ތަރައްގީކުރަން މި ރަށް ބަޔަކަށް ދިނެވެ. ނަމަވެސް އެ ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.