ޓޫރިޒަމް

ފަސް މަސް ތެރޭގައި 822،000 ފަތުރުވެރިން

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 822،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 822،723 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 735،374 ފަތުރުވެރިންނަށްވުރެ 87،349 ފަތުރުވެރިން -- 11.9 ޕަސެންޓް އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 6،233 ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 91،073 ފަތުރުވެރިން
  • ރަޝިއާ - 83،219 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 78،961 ފަތުރުވެރިން
  • އިޓަލީ - 72،739 ފަތުރުވެރިން
  • ޖަރުމަނު - 64،603 ފަތުރުވެރިން
  • އިންޑިއާ - 46،342 ފަތުރުވެރިން
  • ފްރާންސް - 31،041 ފަތުރުވެރިން
  • އެމެރިކާ - 28،859 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 20،715 ފަތުރުވެރިން
  • ޕޮލެންޑް - 16،817 ފަތުރުވެރިން

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،192 ފެސިލިޓީއެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 176 ރިސޯޓާއި 853 ގެސްޓްހައުސް އާއި 148 ސަފާރީ އުޅަނދުގެ އިތުރުން 15 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 62،491 އެވެ.