ބޮލީވުޑް

ސުޝާންތް އާއި ލޯބީގެ ގޮތުން ގުޅިގެން ނޫޅެން: ކްރީތީ

Jun 21, 2016

މިދިޔަ ހަފްތާގެ ތެރޭގައި ޑައިރެކްޓަރު ދިނޭޝް ވިޖާންގެ ފިލްމު "ރާބްތާ" ގެ އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް އާއި ބަތަލާ ކްރީތީ ސަނޮން ވަނީ ނިންމާލާފަ އެވެ.

މި ފިލްމުގެ ޝޫޓިން ފެށުނުފަހުން މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަތައް ދެކެވެމުން އަންނައިރު، މީގެ ދެމަހެއްހާ ދުވަސްކުރިން ސުޝާންތް ހަތް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޓީވީ ތަރި އަންކިތާ ލޯކަންޑޭއާ ވަނީ ރުޅިވެފަ އެވެ. އަންކިތާއާ ރުޅިވެ ސުޝާންތް އާއި ކްރީތީ ގުޅުން ބަދަހިވެފައިވާއިރު، މިދެތަރިން ސޯޝަލް މީޑިއާއަށް ލާފައިވާ ސެލްފީތަކުން ދެތަރިން ދެމެދުގައި އޮތް ގާތްގުޅުން ވަނީ ހާމަވެފަ އެވެ.

ފިލްމުގެ ޝޫޓިން ބުޑަޕެސްޓްގައި ނިންމާލުމަށްފަހު މިދެތަރިން މިހާރު އެނބުރި އިންޑިއާއަށް އައިސްފައިވާއިރު، ކްރީތީ ވަނީ އޭނާއާ ސުޝާންތް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އެގޮތުން ކްރީތީ ކުރި ޓްވީޓެއްގައި ވަނީ އޭނާއާ ސުޝާންތާއާ އަޅުވައިގެން ދައްކަމުން އަންނަ ވާހަކަތަކުން މިހާރު ފުދިއްޖެ ކަމަށާއި އޭނާ އާއި ސުޝާންތް އެކަކު އަނެކަކު ދެކެ އިހްތިރާމްކޮށް ގަޔާވަނީ ހަމައެކަނި ކޯސްޓާރުންގެ ގޮތުގައި ކަމަށް ބުނެފަ އެވެ.

"ރާބްތާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.