ބޭރު ކުޅިވަރު

ފްރާންސާއި ސްވިޒަލެންޑް ދެވަނަ ބުރަށް، އަލްބޭނިއާއަށް ފުރަތަމަ މޮޅު

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭ އިން، ދެ ވަނަ ބުރަށް މުބާރާތް ބާއްވާ ގައުމު ފްރާންސާއި އެ ގްރޫޕްގެ ސްވިޒަލެންޑް ދަތުރު ކުރިއިރު، މުބާރާތަށް މުޅިން އަލަށް ކޮލިފައިވި އަލްބޭނިއާއިން 1-0 ރޮމޭނިއާ ބަލިކޮށް ޔޫރޯގެ ތާރީހްގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިރޭ ފްރާންސާއި ސްވިޒަލެންޑް ކުޅުނު މެޗު އެއްވަރުވުމުން، ލިބުނު އެއް ޕޮއިންޓާއެކު ފްރާންސަށް ގުރޫޕްގެ އެއް ވަނަ ލިބުނީ ޖުމުލަ ހަތް ޕޮއިންޓް ލިބިގެނެނެވެ.

ސްވިޒަލެންޑަށް ލިބުނު ޕޮއިންޓާއެކު، އެޓީމު ދެ ވަނަ ބުރަށް ދަތުރުކުރީ، ފަސް ޕޮއިންޓް ހޯދައިގެންނެވެ. ގުރޫޕް ސްޓޭޖުގައި އެޓީމު މޮޅުވީ އަލްބޭނިއާ އަތުން އެކަންނެވެ.

އަލްބޭނިއާއަށް ޔޫރޯގެ ފުރަތަމަ މޮޅު ހޯދިއިރު އެޓީމުން މުބާރާތުގައި ޖަހާފައިވަނިވެސް މިރޭގެ މެޗްގައި ޖެހި ލަނޑު އެކަންޏެވެ.
އެތާރިހީ ލަނޑު އެޓީމަށް ޖަހައިދިނީ އާމަންޑޯ ސެޑިކްއެވެ.