ބޮލީވުޑް

މިފަހަރު ވެސް އެންމެ ބޮޑު ސަމާލުކަމެއް ސަލްމާނާއި ކެޓްރީނާއަށް

Jun 21, 2016
1

މަހަރާޝްތްރަ ސްޓޭޓުގެ ޕާލިމެންޓުގެ ކުރީގެ މެންބަރު ބާބާ ސިއްދީގީ ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ރޯދަ ވީއްލުމުގެ ހަފްލާގައި ބޮލީވުޑްގެ ނަން މަޝްހޫރު ތަރިންތައް ކޮންމެ އަހަރަކުވެސް ބައިވެރިވެ އެވެ.

މިރޯދަވީއްލުން ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ގިނަ ތަރިންނެއް އެއްތަން ކުރުވާ ހަފްލާއެއްގެ އިތުރުން ތަރިންތަކުގެ މެދުގައި އޮންނަ ޒަމާންވީ ރުޅިެވރިކަން އެއްފަރާތްކޮށް އެކުވެރިކަން ބަދަހިވާ ހަފްލާއަކަށެވެ.

ދެ ސުޕަސްޓާރުން ކަމަށްވާ ޝާހްރުކް ޚާން އާއި ސަލްމާން ޚާންގެ ދެމެދުގައި އޮތް ޒަމާންވީ ރުޅިވެރިކަން އެއްފަރާތްކުރުމަށްފަހު މިދެތަރިން ފުރަތަމަ ފަހަރަށް ވާހަކަދައްކާފައިވަނީ 2013 ވަނަ އަހަރު ބާބާ ސިއްދީގީ ބޭއްވި ރޯދަވީއްލުމުގެ ތެރެއިންނެވެ.

މިއަހަރުގެ ރޯދާވީއްލުމުގައި ވެސް ޝާހްރުކް އާއި ސަލްމާންގެ އިތުރުން އޭނާގެ އާއިލާގެ ގިނަ މެމްބަރުންނާއި ބަތަލާ ކެޓްރީނާ ކައިފް އާއި ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރުގެ އިތުރުން ޑައިރެކްޓަރު ކަބީރާ ޚާން އާއި އަލީ އައްބާޒް ޒަފަރް ފަދަ ތަރިން ބައިވެރިވި އެވެ.

މިފަހަރުގެ މިހަފްލާގައި އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިގެން ގޮސްފައިވަނީ ކުރީގެ ދެލޯބިވެރިން ކަމަށްވާ ސަލްމާން އާއި ކެޓްރީނާ އަށެވެ. މިއީ މިދެތަރިން ރުޅިވި ފަހުން މިފަދަ ހަފްލާއެއްގައި މިހާ ފާޅުކަން ބޮޑު އެކަކު އަނެކަކާ ހީ ސަމާސާކޮށް ވާހަކަދައްކާފައިވާ ފުރަތަމަ ފަހަރެވެ.

އެންމެފުރަތަމަ މިހަފްލާއަށް ސަލްމާން ދިއުމަށް ހަމަޖެހިފައި އޮތީ ލޯބިވެރިޔާ އިއުލިއާ ވަންތުރާ އެކު އެވެ. ނަމަވެސް އެންމެފަހު ވަގުތު ސަލްމާން މިހަފްލާއަށް ގޮސްފައިވަނީ ވަކިންނެވެ.

މިހަފްލާގެ ތެރޭގައި ސަލްމާން އާއި ކެޓްރީނާ ވާހަކަދަައްކަން ތިއްބައި ނަގާފައިވާ ފޮޓޯތަކާއި ބައެއް ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ. އެގޮތުން ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ކުޑަ ދަރިފުޅު އާހިލްއާ އެކު ވެސް މަޖާކުރަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

މީގެއިތުރުން ސަލްމާން އާއި ކެޓްރީނާގެ ފޭނަކު ވަނީ އެދެތަރިން އަތުގައި ހިފައިގެން މިރޯދަވީއްލުން ބޭއްވި ރެސްޓޯރަންޓަށް ވަންނަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށް ފެންނަގޮތަށް ފޮޓޯއެއް އެޑިޓްކޮށް ސޯޝަލް މީޑިއާ އަށްލާފަ އެވެ. މިފޮޓޯ ފެނުމުން ގިނަފަރާތްތަކަކަށް ހީވީ ސަލްމާނާ ކެޓްރީނާ އަތާ އަތްޖޯޑުކޮށްގެން މިހަފްލާއަށް ދިޔައީ ކަމަށެވެ. އަދި މިދެތަރިންގެ ދެމެދުގައި އަލުން ގުޅުމެއް ބަދަހިވާނެ ފެށީ ކަމަށެވެ.

ސަލްމާނާ ރުޅިވެ ކެޓްރީނާ އެކްޓަރު ރަންބީރް ކަޕޫރާ ލޯބީގެ ގޮތުން ގުޅިގެން ހަ އަހަރު ވަންދެން އުޅެފައި ރުޅިވިފަހުުން ސަލްމާނާ ދެމެދު އޮންނަ ގުޅުން ކުރިއަށްވުރެން މިހާރު ބަދަހި ކަމަށްވެ އެވެ. އެގޮތުން ކެޓްރީނާ އަށް ރަނގަޅު ފިލްމުތަކުން ރޯލުތައް ހޯދުމަށް އެކި ޑައިރެކްޓަރުންނާ ވެސް ސަލްމާން އަންނަނީ ވާހަކަދައްކަމުންނެވެ.