ރޯދަ މަހާ ރޯއްޖާ

ސްޕައިސީ ޗިލީ ޗިކަން މާ މީރުވާނެ!

Jun 21, 2016

ޗިލީ ޗިކަން އަކީ ވަރަށް މީރު އެއްޗެއް ނޫން ހެއްޔެވެ؟ ޗިލީ ޗިކަން ތައްޔާރު ކުރާ ގޮތަށް ސްޕައިސީ ޗިލީ ޗިކަން ވެސް ތައްޔާރުކޮށްލެއްވިދާނެ އެވެ. މިީގައި ތަފާތުވަނީ ރަހަނޑެވެ. ސްޕައިސީ ޗިލީ ޗިކަންގައި ހަވާދުގަނޑެއް ހިމެނުން ފިޔަވައި އެހެން ތަފާތަކަށްވާނީ މީރު ރަހައެވެ.

ތަންކޮޅެއް ގިނައިން ބޭނުންވާނެ

300 ގްރާމްގެ ބޯންލެސް ޗިކަން
ގާނާފައި ހުރި ލޮނު މެދު
ގާނާފައި ހުރި އިނގުރު
ތިން ފިޔާ ކޮށާފައި
ކޮށާފައި ހުރި ކެޕްސިކަމް
ހިކިމިރުސް
ސައިސަމުސަލެއްގެ މަސްޓަޑް ކްރީމް
ޖޯޑެއްގެ ޓޮމާޓޯ ސޯސް އަދި ފުނޑި ހަވާދު
ސައިސަމުސަލެއްގެ މިކްސްޑް ހާބްސް
ދެ ބިސް، ގިރާލާފައި
ސޯޔާސޯސް
މުގުރި އަސޭމިރުސް
ސައިސަމުސަލެއްގެ އަޖިނަމޮޓޯ
ފެހި މިރުސް
ސަމުސަލެއްގެ ކޯންފްލަރ
ތެޔޮ
ލޮނު
ހިކަނދިފަތް

ތައްޔާރު ކުރާނީ މިހެން

އަސޭމިރުހާއި ލޮނުކޮޅާއި ސޯޔާ ސޯސް، އަދި ކޯން ފްލާ އެއްކޮށް ގިރާލާފައި ކުކުޅު މަހުގައި ހާކާފައިބަހައްޓާށެވެ. ތަވާޔަށް ތެޔޮ އަޅާލާފައި ކައްކަން އުދާލާށެވެ. ތެޔޮ ގަނޑު ކެކިގަތީމާ ކުކުޅު މަސްތަވާޔަށް އަޅާލާފައި އެތެރެ މަޑުކޮށް ބޭރަށް ކުޑަ ބްރައުންކުލަ އެއްއަރާވަރަށް ތެލުލާފައި ބަހައްޓާށެވެ. ދެން ތަވާއުދާލާފައި ކުދަ ތެޔޮފޮދެއް އަޅާލުމަށްފަހު ހޫނުވީމާ ފިޔާ، މިރުސް، ހިކަނދި ، ކެޕްސިކަމް އެއްކޯށް އަޅާލާފައި ފިޔާކޮޅު މޯޅިވީމާ މަސްފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްކޮށް އަޅާލާފައި ރޯފިލުމުން މަސްކޮޅު އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.