ބޭރު ކުޅިވަރު

ޖަރުމަނަށް އެއް ވަނަ، ޕޮލެންޑް ފުރަތަމަ ފަހަރަށް ޔޫރޯގެ ދެވަނަ ބުރަށް

Jun 21, 2016

އުތުރު އަޔަލެންޑްގެ މައްޗަށް 1-0 ކާމިޔާބު ހޯދައި ޖަރުމަން، ގޫރޫޕް ސީ ގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކުރިއިރު، ޕޮލެންޑް ޔޫރޯގެ ތާރީހްގައި ފުރަތަމަ ފަހަރަށް ދެ ވަނަ ބުރުން ޖާގަ ހޯދައި އެ ގައުމުގެ ފުޓްބޯޅައިގެ ތާރީހުގެ ތެރެއަށް ހިނގައްޖެ އެބެ.

މިރޭ ޔޫކްރޭންއާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗްވެސް އެ ގައުމުން ކާމިޔާބު ކުރީ 1-0 ންނެވެ. ޔޫކްރޭންއާ ދެކޮޅަށް ޕޮލެންޑްގެ ލަނޑު ކާމިޔާބު ކުރީ ބްލަޒްސިޒޯސްކީއެވެ.

ޖަރުމަނާއި އުތުރު އަޔަލެންޑް ބައްދަލު ކުރި މެޗްގައި، ޖަރުމަނުގެ ލަނޑު ކާމިޔާބު ކުރީ މާރިއޯ ގޯމޭޒްއެވެ.

މި މެޗްތަކާ ހަމައަށް ޕޮލެންޑާއި ޖަރުމަނަށްވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ނަމަވެސް ޖަރުމަނަށް ގުރޫޕްގެ ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މިރޭގެ މެޗުން ބަލިވި ނަމަވެސް އުތުރު އަޔެލެންޑް އޮތީ ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިން ވަނައިގައެވެ. ޔޫކްރޭންއަށް އެންމެ ޕޮއިންޓެއްވެސް ލިބިފައެއް ނުވެއެވެ.