ކާނާ

އަލަނާސި ޕުޑިން

Jun 22, 2016


އަލަނާސި ބޭނުންގެން ތަފާތު ވައްތަރު ކާނާ ތައްޔާރުކޮށްލެވިދާނެ އެވެ. އޭގެ ތެރެއިން އެއް ބަވާތަކީ އަލަނާސީގެ ޕުޑިންއެވެ. ކޮންމެ ގަޑިއެއްގައި ރަހަ މީރުކޮށްލައި ތާޒާވެލަން ވެސް ވަރަށް ރަނގަޅު ކާނާއެކެވެ.

ބޭނުންވާނެ ބާވަތްތައް

އަލަނާސި ފޮތި
4 މޭޒުމަތީ ސަމުސާ ހަކުރު
2 /1 ޖޯޑު ހިކި މޭބިސްކަދުރު
3 ބިހުގެ ހުދުބައި
2 /1 ޖޯޑު ފާރޮށި ކުނޑި
1 މޭޒުމަތީ ސަމުސާ ބަޓަރު

ތައްޔާރު ކުރާނެ ގޮތް

ތަވާ ގައި ބަޓަރު ހާކާފައި އަލަނާސި ފޮތިތައް އަތުރާލާފައި ކޮންމެ ޕާން ފޮއްޗެއްގެ މައްޗަށް 2 / 1 ސައިސަމުސާ ބުރުވާލާފައި މޭބިސްކަދުރު ހަ ފުށް އަތުރާލާށެވެ. ދެން ދެން ޕާންކުނޑި ބުރުވާލާފައި ބިހުގެ ހުދުބައި އަޅާލާފައި މަޑު ބްރައުންކުލަ އަރަންދެން އަވަންގައި ފިހެލާށެވެ.