އިލެކްޝަންސް ކޮމިޝަން

އީސީގެ ރައީސް އިލެކްޓޯރަލް ނެޓްވޯކްގެ އަހަރީ ބައްދަލުވުމަށް

Jun 23, 2016

ކޮމަލްވެލްތުން އިންތިޒާމް ކޮށްގެން ބާއްވާ ބައެނިއަލް ކޮންފަރެންސް އޮފް ދަ ކޮމަންވެލްތު އިލެކްޓޯރަލް ނެޓްވާކްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުރާވަޑައިގެންފިއެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯ ގެ ޕޯޓް އޮފް ސްޕެއިން ގައި ކުރިއަށް ދާ މި ކޮންފަރެންސް އޮންނާނީ މާދަމާގެ ނިޔަލަށެވެ. ކޮންފަރެންސްގައި ކޮމަންވެލްތު މެމްބަރު ހުރިހާ ޤައުމަކުން ބައިވެރިވެއެވެ.

މި ބައްދަލުވުމުގައި އިންތިޚާބުތަކާ ގުޅޭ ކަންކަމުގެ ތަޖުރިބާއާއި ފަންނީ މައުލޫމާތު މެމްބަރު ޤައުމުތަކުގެ މެދުގައި ހިއްސާޮށް ދޭދޭ ގައުމުތަކުގެ މެދުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެ އެވެ.

ރާއްޖެއިން މި ކޮންފަރެންސްއަށް ހުށައަޅާ ކަންކަމުގެތެރޭ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގައި ތައާރަފް ކުރަން ނިންމާފައިވާ އީ ވޯޓިން ނިޒާމާއި ގުޅެގޮތުން ކޮންފަރެންސްގެ ބައިވެރިންނާ މައުލޫމާތު ދިނުން ހިމެނެ އެވެ.