ބޮލީވުޑް

ކައިވެނިކުރާ ހިތުން ސަލްމާން ކެތްމަދުވެފައި

Jun 25, 2016
4

އެތަރިއެއް ކައިވެނިކުރާނެ ދުވަހަކަށް މުޅި އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ އެތައް މިލިއަން ފޭނުންނެއް އިންތިޒާރުކުރަމުން އަންނަ ތަރިއަކަށް ސުޕަސްޓާ ސަލްމާން ޚާން ވާނެ އެވެ.

ސަލްމާންގެ އުމުރުން މިހާރު ފަންސާސް އަހަރުވެފައިވީ ނަމަވެސް އަވަސް މުސްތަގްބަލެއްގައި އޭނާ ކައިވެނިކުރަން އުޅޭހެން ހިޔެއްނުވެ އެވެ.

ސަލްމާނާ އެންމެ ގިނައިން ކުރިމަތިވާ ސުވާލަކީ އޭނާ ކައިވެނިކުރާ ދުވަހަކަ ބެހޭގޮތުން ކަމަށްވާއިރު، ގިނަބަޔަކަށް ހީވެފައި އޮންނަނީ ސަލްމާން އަދި ކައިވެނީގެ ގޮތް ޖަހަން ބޭނުންނުވަނީ ކަމަށެވެ. ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ރޮމޭނިޔާގެ ލޫލިއާ ވަންތުރާ ކައިވެނިކުރުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއްނުވެ އެވެ.

ނަމަވެސް ސަލްމާން ވަނީ ހަގީގަތުގައި ކައިވެނިކުރާ ހިތުން އޭނާ ހުރީ ކެތްމަދުވެފަ އެވެ. ޒީޓީވީއިން ދައްކާ ޝޯ "ސާރޭގާމާޕާ" ގައި އަންނަ މަހުގެ 7 ވަނަ ދުވަހު ރިލީޒްކުރާ އޭނާގެ ފިލްމު "ސުލްތާން" ޕްރޮމޯޓްކުރުމަށް ބައިވެރިވެ، އެޝޯގެ ބައިވެރިއަކު ސަލްމާންކުރެން ހަޔާތުގެ ބައިވެރިޔަކު ހޯދާނީ ކިހިނެއްތޯ އެހެމުން އެސުވާލަށް ޖަވާބުދެމުން ސަލްމާން ވަނީ އެންމެންނަށް ހީވަނީ އޭނާ ދުވަހަކުވެސް ކައިވެނިކުރަން ބޭނުންނުވަނީ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އޭނާގެ ބައިވެރިޔާ އެކަމަށް އެއްއިރެއްގައިވެސް ތައްޔާރުނުވުން ކަމަށް ސަލްމާން ވަނީ ބުނެފަ އެވެ.

ލޯތްބާއި ކައިވެނީގެ ކަންތައްތަކުގައި އޭނާއަކީ އެހާ ނަސީބުގަދަ މީހެއް ނޫންކަމަށް ބުނަމުން ސަލްމާންވަނީ އޭނާ ކައިވެނިކުރަން ބޭނުންނުވާތީ ނުކުރަނީ ކަމަށް މީހުންނަށް ހީވުމަކީ އެއީ ވަރަށް ބޮޑު ކުއްހީއެއް ކަމަށް ބުނެފަ އެވެ.

"ހަގީގަތުގައި އަހަރެން މިހުރީ ކައިވެނިކުރާ ހިތުން ކެތްމަދުވެފައި. ކައިވެނިކުރުމުގައި ފިރިހެނާގެ އެއްވެސް ބާރެއް ނޯވޭ. އަންހެން ކުއްޖާ އާންބަސް ބުނީމަ ނޫވީ ނުކުރެވޭނެ". ސަލްމާން ބުނެފައިވެ އެވެ.

ކައިވެނިކުރަން ބޭނުންވާ ކަމަށް ސަލްމާން ބުނި ނަމަވެސް މިހާރު ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބުނާ ލޫލިއާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަހެއް ނުވެ އެވެ. ނަމަވެސް ސަލްމާން އާއި ލޫލިއާ އެންގޭޖްވެފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނައިރު، މިފަހަކަށް އައިސް ސަލްމާނާ އެކު ލޫލިއާ ފެންނަލެއް ގިނަ އެވެ.

މިޝޯގެ މެންޓާއެއްގެ ގޮތުގައި ފެނިގެންދާ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް ވަނީ ސަލްމާން ކައިވެނިކުރުމުގެ ހަމަ އެއަހަރުގެ ތެރޭގައި އޭނާވެސް ކައިވެންޏެއް ކުރާނެ ކަމަށް ބުނެފަ އެވެ.

ސަލްމާން އާއި އަނުޝްކާ ލީޑްރޯލުން ފެނިގެންދާ "ސުލްތާން" ގައި މިދެތަރިން ފެނިގެންދަނީ ރެސްލިންތެޅުންތެރިންގެ ގޮތުގަ އެވެ.