އެފްއޭއެމް

21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް އޯގަސްޓް މަހު

Jun 25, 2016

އެފްއޭއެމްގެ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް އޯގަސްޓް މަހު ފަށް އެފްއޭއެމްއިން އިއުލާންކޮށްފި އެވެ.

އެފްއޭއެމްގެ ޖެބަރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ 21 އަހަރުން ދަށުގެ މުބާރާތް ހުޅުވާލަނީ ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަށް ޓީމަށް ކަމަށެވެ.

އެފްއޭއެމް އިން ކުރިން ރާވާފައިވަނީ 21 އަހަރުން ދަށުގެ މުބާރާތް ލީގެއް ގޮތަށް ކުރިއަށް ގެންދިއުމަށެވެ. އަދި 21 އަހަރުން މަތީގެ ދެ ކުޅުންތެރިޔަކަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު ދޭ ގޮތަށްވެސް ކުިން ވަނީ ވާހަކަ ދެކެވިފައެވެ.

ބައްސާމް ވިދާޅުވީ ލީގެއް ގޮތުގައި ކުރިއަށް ނުގެންދިޔަ ނަމަވެސް، މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ހަތް މެޗް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި މުބާރާތުގައި ފުރުސަތު ލިބޭނީ 21 އހަރުން ދަށުގެ ކުޅުންތެރިންނަށް ކަމަށް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއމެްިން ވަނީ މީގެ ހަތަރު ވަރަކަށް އހަރު ކުރިން 20 އހަރުން ދަށުގެ ފުޓްބޯޅާ މުބާރާތްވެސް، ކުލަބުތަކަށް ހުޅުވާލައިގެން ބާއްވާފައެވެ.