އެކްސިޑެންޓް

އައްޑޫގައި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެޖެ

Jun 25, 2016

އައްޑު އަތޮޅު ހިތަދޫގައި މިރޭ އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ. މިރޭގެ އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައި ވެއެވެ.

ފުލުހުން ބުނީ އެޅަދީދީ މަގުގައި މިރޭ 9:30 ހާއިރު ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި ތިން މީހުންނަށް އަނިޔާވި ކަމަށެވެ.

ހޮސްޕިޓަލްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އެކަކު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އަނެއް ދެ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކްސިޑެންޓް އައިސް ފައިވަނީ ހިތަދޫގައި ހުންނަ އުރީދޫ އޮފީސް ކުރިމަތިން ކަހަލަ ގޮތަކަށެވެ.

އެކްސިޑެންޓްގައި އަނިޔާވީ ހިތަދޫ ބުލޫބާޑް، މުހައްމަދު ލޫތު ލަތީފް 21، އާއި މަހުމާމ އަހުމަދު ސޯލިހު 19، އާއި ހަވާސާ، ޒައިދު އަންވަރު، 14، އެވެ. މީގެ ތެރެއިން ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލާފައި ވަނީ ޒައިދު އެވެ. ފަރުވާ ދެމުން ދާ ދެ މީހުންގެ ހާލު ވެސް ސީރިއަސްއެއް ނޫނެވެ.