ބޭރު ކުޅިވަރު

ތިން ވަނަ ކޮލަމްބިއާ އަށް

Jun 26, 2016

އެމެރިކާ 1-0އިން ބަލިކޮށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ކޮލަމްބިއާ ހޯދައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލުން ބަލިވި ދެ ގައުމުގެ ކުރިމަތިލުމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ކާލޮސް ބައްކާ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ކޮލަމްބިއާ އަތުން އެމެރިކާ ބަލިވި ދެ ވަނަ މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން އެމެރިކާ ބަލިވީ 2-0އިންނެވެ.

މެޗަށް ފަހު ކޮލަމްބިއާގެ ކެޕްޓަން ހާމޭސް ރޮޑްރިގޭޒް ބުނީ އެގައުމުން ބޭނުންވީ މުބާރާތުގެ ތަށި ހިފައިގެން ގައުމަށްދާން ކަމަށެވެ.

"އެކަމަކު ކޮންމެވެސް އެއްބަޔަކަށް ތަށި ލިބޭނީ. އަހަރުމެން މި މުބާރާތުގައި ދެއްކި ކުޅުން ގޯހެއްނޫން. އެކަމަކު ފައިނަލުގައި އެއޮތީ އަހަރުމެންނަށްވުރެ ހުރިހާ ގޮތަކުންވެސް މޮޅު ދެ ގައުމު،" ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ބުންޏެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ބާއްވަން ފެށިތާ 100 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ހާއްސަ މި މުބާރާތުގެ ފައިނަލް ކުޅޭނީ މާދަމާ ރޭ އެވެ. ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އާއި ފައިނަލުގައި ބަލިވި އާޖެންޓީނާ އެވެ.