ވެކޭޝަންސް އެކްސްޕޯ

އެވޭލާއިން ހަނިފަރު ބަލަން ބ. އަތޮޅަށް ހިލޭ ގެންދަނީ

Jun 27, 2016
2
  • ހަނިފަރުން އެންބޯ މަޑިއާއި ފެހުރި ފެނޭ
  • ޕެކޭޖް ދެނީ ގުރުއަތު ނަގައިގެން
  • ދެ ދުވަހުގެ ހުރުން، ޓިކެޓު، ފުލްބޯޑު ހިމެނޭ

އަންނަ އޮގަސްޓް މަހު މާލޭގައި ބާއްވާ "ވެކޭޝަންސް އެކްސްޕޯ" އަށް ދާ ފަރާތްތަކަށް ބ. އަތޮޅު ހަނިފަރު ބަލައިލަން ދިއުމުގެ ފުރުސަތު އެވޭލާ ގެސްޓް ހައުސް އިން ހިލޭ ދޭން ނިންމައިފި އެވެ.

ޗުއްޓީ ހޭދަކުރަން ރާއްޖެ އާއި ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ހުރި ފުރުސަތު ހުޅުވާލާފައިވާ "ވެކޭޝަންސް އެކްސްޕޯ 2016" ގައި ބައިވެރިވެ ބ. ދަރަވަންދޫގައި ހިނގާ ގެސްޓް ހައުސްއެއް ކަމަށްވާ "އެވޭލާ މަންތާ ވިލެޖް" އިން ވަނީ ބައިވެރިވެފަ އެވެ. މި ގޮތުން ފެއާ ކުރިއަށްދާ ތިން ދުވަހު ކޮންމެ ރެއަކު ގުރުއަތުން ހޮވޭ ދެ މީހަކަށް މި ދަތުރު ލިބޭނެ އެވެ. މި ދަތުރުގައި ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ މަޝްހޫރު ހަނިފަރު ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. މި ތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންބޯ މަޑި އާއި ފެހުރިހި ބަލައިލަން އެތައް ހާސް ބަޔަކު ކޮންމެ އަހަރަކު ވެސް އާދެ އެވެ.

ވެކޭޝަންސް އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒް އިން ބުނީ ފެއާ ކުރިއަށްދާ އޮގަސްޓް 4-6 ތިން ދުވަހު ނަގާ ގުރުއަތުން ދޭ ތިން ޕެކޭޖުގައި ދެ ރޭގެ ހުރުމާއި ދަރަވަންދޫ ދެކޮޅު ޓިކެޓު ވެސް ހިމެނޭނެ ކަމަށެވެ.

އެވޭލާ މަންތާ ވިލެޖްގެ ޑިރެކްޓަރު އަހުމަދު ރިޝީން ވިދާޅުވީ އެ ގެސްޓް ހައުސްއިން ވެކޭޝަންސް އެކްސްޕޯ އަށް ދާ މީހުންނަށް ދޭ މި ފުރުސަތުގެ ދަށުން މަންތާރޭ (އެންބޯ މަޑި) ބަލައިލަން ގެންދާނެ ކަމަށެވެ.

"މި ދަތުރުގައި ފުލްބޯޑް [ހުރިހާ ކެއުމެއް] ދެ ކޮޅު ޓިކެޓާއި ދެ ދުވަހުގެ ހުރުން ލިބޭނެ،" ރިޝީން ވިދާޅުވި އެވެ.

"އެވޭލާ މަންތާ ވިލެޖް" އަކީ ބ. އަތޮޅުގައި އެއާޕޯޓް ހިންގާ ދަރަވަންދޫގައި ހުންނަ 16 ކޮޓަރީގެ ގެސްޓް ހައުސް އެކެވެ.

ރިޝީން ވިދާޅުވީ ވެކޭޝަންސް އެކްސްޕޯގައި އެ ގެސްޓް ހައުސްއިން ހާއްސަ ގިނަ ޕެކޭޖުތަކެއް ވިއްކާނެ ކަމަށެވެ.

"ވެކޭޝަންސް އެކްސްޕޯއަށް އަންނަ ފަރާތްތަކަށް ހާއްސަ ލޯކަލް ޕެކޭޖުތަކެއްވެސް އަޅުގަނޑުމެން ވިއްކާނެ،" ރިޝީން ވިދާޅުވި އެވެ.

ނޭޝަނަލް އާޓްގެލަރީގައި އޮގަސްޓް 4-6 އަށް ބާއްވާ ވެކޭޝަންސް އެކްސްޕޯގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ދަނީ ބައިވެރި ވަމުންނެވެ. އެގޮތުން މި ފެއާގެ ޕްރިންސިޕަލް ޕާޓްނަރަކީ އިނަ މޯލްޑިވްސް ހޮލިޑޭސް އެވެ.

އެހެން ޕާޓްނަރުން

  • އޮންލައިން ޕާޓްނަރު އަވަސް އޮންލައިން
  • އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
  • ޓީވީ ޕާޓްނަރު ޕީއެސްއެމް
  • އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް
  • ޕްރައިޒް ޕާޓްނަރު މުސައްފިރީން

ވެކޭޝަންސް އެކްސްޕޯގެ އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އާއި ލޭމް އަދި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ.