ކީރިތި ގުރުއާން

އަލިމަގު ގުރުއާން ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފި

އަލިމަގު ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ "ގްރުއާން ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ.

ދެ އުމުރުފުރާ އަކަށް ބަހާލައިގެން އޮންލައިންކޮށް ކުރިއަށްގެންދާ އެ ޕްރޮގްރާމުގައި ބައިވެރިވެވޭނީ އަށް އަހަރުން ދަށުގެ އުމުރުފުރާ އާއި 10 އަހަރުން ދަށުގެ އުމުރުފުރާގަ އެވެ. މުބާރާތުގައި ކުދިންނަށް ބައިވެރިވެވޭނީ، ދަސްކުރަންޖެހޭ ބައިތައް ދަސްކޮށް، އެސެސްމަންޓް ފޯމް ފުރިހަމަ ކުރުމުންނެވެ. ސްކޫލާއި ގުޅިގެން އެކަން ކުދިންނަށް ކުރެވޭނެ އެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖުލައިމަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

މުބާރާތުގައި އަށް އަހަރުން ދަށް އުމުރުފުރާގައި ބައިވެރިވާކުދިން ދަސްކުރަން ޖެހެނީ، ސޫރަތުލް ފާތިހާގެ ދިވެހި އަދި އިނގިރޭސި ތަރުޖަމާ އާއި އިތުރު ކުރު ހަ އާޔަތެކެވެ. ހަ އާޔަތުގެ މާނައިގެ ވަކި ލަފްޒުތަކުގެ މާނަ ވެސް ދަސްކުރަން ޖެހޭއިރު، އެ ހަ އާޔަތުގެ ތެރެއިން ދެ އާޔަތް ވާންޖެހެނީ މައިންބަފައިންނަށް ކަމޭހިތުމާ ގުޅޭ ދެ އާޔަތަށެވެ.

ދިހަ އަހަރުން ދަށުގެ ކުދިން ދަސްކުރަންޖެހެނީ އަށް އަހަރުން ދަށުގެ ކުދިން ދަސްކުރަންޖެހޭ ބައިތަކުގެ އިތުރަށް ތިން އާޔަތެކެވެ.

މުބާރާތުގައި ބައިވެރިވާ ފޯމް [email protected] އަށް މެއިލް ކުރުމުން ކޮންމެ ރަށެއްގައި ހުއްޓަސް މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

މުބާރާތުގައި ބައިވެރިވެ ރަޖިސްޓްރީ ކުރާ ކުދިންނަށް މުބާރާތުގެ އިންތިޒާމް ކޮމިޓީން ގުޅައި ދަސްވި މިންވަރު ބަލަން ސުވާލުކޮށް ޗެކް ކުރާ ފޯމްތައް ފައިނަލް ލަކީޑްރޯ އެއްގަ އެވެ. އަދި އެ ލަކީޑްރޯ އިން ކޮންމެ އުމުރުފުރާއަކުން 10 ދަރިވަރުން ނަގާނެ އެވެ.

ވިހި ދަރިވަރުންގެ ތެރޭގައި ހިމެނޭ ކޮންމެ ކުއްޖަކަށް 3،000ރ ގެ ފައިސާގެ އިނާމެއް ދޭނެ އެވެ.