ހުޅުމާލެ

ހުޅުމާލޭ ޕާކިން އޭރިއާތަކުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ޕާކިން އޭރިއާތަކުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ޕާކިން އޭރިއާގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި މިހާރު ކޮރަލް ވިލީ ރެސިޑެންސް ސަރަހައްދުގައި ޕާކިން ޒޯންތައް ހަދަން ފަށާފައިވާ ކަމަށެވެ. އެކުންފުނިން ހުޅުމާލޭގައި ހަދަމުންދަނީ ސައިކަލު ޕާކިން ޒޯންތަކެވެ.

އެޗްޑީސީން ބުނީ މި ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގެ ހުރިހާ ހިސާބެއްގައި ޕާކިން ޒޯންތައް ހަދާނެ ކަމަށެވެ.

ހުޅުމާލޭގައި މިހާރު ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް މަގުތައް ހަދަމުންނެވެ.