ބޭރު ކުޅިވަރު

ބޯލްޓް ވެސް ޔުނައިޓެޑަށް ފާޑުކިޔައިފި

ލުއީ ވެން ހާލްގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑް އިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދައްކާފައިވާ ކުޅުމަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. ވެސްޓް ހޭމްގެ ކޯޗު ސޭމް އެލަޑައިސް ސިފަކުރި ގޮތުގައި ޔުނައިޓެޑަކީ "ބޮޑު ބޯޅަ" ކުޅޭ ޓީމެކެވެ. ޔުނައިޓެޑް ލެޖެންޑް ޕޯލް ސްކޯލްސް ވެސް ވަނީ ޔުނައިޓެޑްގެ ކުލުމަށް ފާޑުކިޔައިފަ އެވެ. މިހާރު މި ލިސްޓަށް އޮލިމްޕިކް ސްޕްރިންޓް ޗެމްޕިއަން ޖެމެއިކާގެ އުސެއިން ބޯލްޓް ވެސް ވަނީ އިތުރުވެފަ އެވެ. ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށްވާ ބޯލްޓް ވެސް ވަނީ ޔުނައިޓެޑްގެ ކުޅުމާމެދު ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ.

ބޯލްޓް ބުނީ ޔުނައިޓެޑް ލައްވާ ޕާސިން ގޭމެއް ކުޅުވަން ވެން ހާލް މަސައްކަތްކުރި ނަމަވެސް، އެއީ މިހާރު އޮތް ޔުނައިޓެޑްގެ ޓީމާ ގުޅޭ ސްޓައިލެއް ނޫން ކަމަށެވެ.

"އަހަންނަށް ހިޔެއް ނުވޭ މިހާރު ތިބި ހުރިހާ ކުޅުންެރިން ބަދަލުކޮށްގެން ނޫނީ ވެން ހާލަށް ޔުނައިޓެޑް ލައްވާ ޕާސިން ގޭމެއް ކުޅެވޭނެހެނެއް،" ބޯލްޓް ބުންޏެވެ. "ޓީމެއް ލައްވާ ވަކި ގޮތަކަށް ކުޅެންޏާ، އެބަ ޖެހޭ އެ ޓީމަކަށް އެ ސްޓައިލް އަށް ކުޅެވޭތޯ ބަލަން."

ބޯލްޓް ބުނީ މިހާރު ޔުނައިޓެޑްގައި ތިބި ކުޅުންތެރިންނަކީ ވެން ހާލް ޓީމު ލައްވައި ކުޅުވަން ބޭނުންވާ ސްޓައިލްއާ ގުޅޭ ކުޅުންތެރިންނެއް ނޫން ކަމަށެވެ.

"ގިގްސް އާއި ސްކޯލްްސް މިހާުރު ވެސް ކުޅޭނަމަ، އެގޮތަށް ކުޅެވިދާނެ. މަޓާ އަކީ މޮޅު ކުޅުންތެރިއެއް އެކަމަކު މަޓާ މާ ކުޑަ. ރޫނީ ވެސް މޮޅު އެކަމަކު ރޫނީ އަކީ ހަލުވި ކުޅުންތެރިއެއް ނޫން. މެދުތެރެއަށް ކުޅެންޏާ ޗެލްސީގެ އެޑިން ހަޒާޑްހެން ހަލުވި ވާންެޖެހޭނެ،" ބޯލްޓް ބުންޏެވެ. -- އީއެސްޕީއެން