ބޭރު ކުޅިވަރު

ނޮލީޓޯ މެންޗެސްޓާ ސިޓީ އަށް

މެންޗެސްޓާ ސިޓީން ސްޕޭނުގެ ސެލްޓަވީގޯގެ ފޯވަޑް ނޮލީޓޯ އެކުލަބަށް ގެންގޮސްފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިން ސިޓީ އަށް ގަތީ 13.8 މިލިއަން ޕައުންޑަށެވެ.

އޭނާ އަކީ ސިޓީގެ އާކޯޗު ޕެޕް ގާޑިއޯލާ ޓީމާ ހަވާލުވި ފަހުން ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ގެނެސްފައިވަނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑަށް ކުޅޭ ގުންޑޮގަން އާއި އޮސްޓްރޭލިޔާގެ މިޑްފީލްޑަރު އާރޯއިން މޯއީ އެވެ.

ނޮލީޓޯ އަކި ޔޫރޯގެ ދެ ވަނަ ބުރުން ކެޓި ސްޕޭން ކުޅުނު ހުރިހާ މެޗެއްގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

އޭނާ ބުނީ ގާޑިއޯލާގެ ކޯޗުކަމުގައި އޭނާ އަށް މިހާރަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށެވެ.

"ގާޑިއޯލާ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު. އޭނާ އަށް ފުޓްބޯޅަ އެނގޭނެ. އަހަރެން އުއްމީދު ކުރަނީ އޭނާގެ ފަރާތުން ގިނަ ކަންތައްތައް ދަސްވެ، މިހާރަށްވުރެ މާރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް،" ނޮލީޓޯ ބުންޏެވެ.