އެމްޓީސީސީ

އެމްޓީސީސީ އަލަށް ފެރީ ފެށި ތިން ޒޯނަށް ދަތުރު ކުރުން މިއަދު ހިލޭ

Jul 2, 2016
3
  • ދެ ސަރަހައްދު ނޫނީ ފެރީގެ ހިދުމަތް ދޭނެ
  • އަގުތައް ކުރިއެކޭ އެއްގޮތަށް
  • ހިދުމަތް ރަނގަޅު ކުރަނީ

އެމްޓީސީސީ ފެރީގެ ހިދުމަތް އަލަށް ޒޯން 2،1 އަދި 6 ގައި ފެށުމުގެ ގޮތުން މިއަދު ހިލޭ ހިދުމަތް ދޭން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ދަތުރުފަތުރުގެ ހިދުމަތް ދެމުން ގެންދާ އެމްޓީސީސީން ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސަރުކާރުން އެ ކުންފުންޏަށް ފެރީގެ ހިދުމަތް ފެށުމަށް ހުއްދަ ދީފައިވަނީ، ޒޯން 1 ގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅު ރަށްތަކާއި، ޒޯން 2 ގައި ހިމެނޭ ނ އަތޮޅާއި ރ، އަތޮޅު އަދި ބ. އަތޮޅާއި ޅ. އަތޮޅުގެ ރަށްތަކުގެ އިތުރުން ޒޯން 6 ގައި ހިމެނޭ ގއ. ގދ. ގެ ރަށް ތަކަށެވެ. އެ ކުންފުނިން މިހާރުވެސް ޒޯން 3 އަދި 5 ގައި ފެރީގެ ހިދުމަތް ދެ އެވެ. މިއާއެކު ފެރީ ދަތުރުކުރާ ރަށްތަކުގެ އަދަދު ވަނީ 168 އަށް އަރާފަ އެވެ.

އެ ކުންފުނިން ބުނީ އަލަށް ފެރީގެ ދަތުރުތައް ފެށި ތިން ސަރަހައްދާއެކު ރާއްޖޭގެ ދެ ޒޯނެއް ފިޔަވައި ހުރިހާ ޒޯންތަކެއްގައި އެ ކުންފުނީގެ ފެރީގެ ނިޒާމު ގުޅާލެވިފައިވާ ކަމަށެވެ. އެ ކުންފުނިން ފެރީގެ ހިދުމަތް ނުދެނީ ޒޯން 4 ގައި ހިމެނޭ ފ. އަދި ދ. އަތޮޅުގެ ރަށްތަކާއި ޒޯން 7 ގައި ހިމެނޭ އައްޑު އަތޮޅާއި ފުވައްމުލަކަށެވެ. މިގޮތުން ޒޯން 4 ގައި ފެރީގެ ހިދުމަތް ދެނީ ވާމިލިއަން އިންޓަނޭޝަނަލް އިންނެވެ. އަދި ޒޯން 7 ގައި މި ހިދުމަތް ދެނީ އެމްޕީއެލްއިނެވެ.

އެމްޓީސީސީން ބުނީ އަލަށް ފެށި ރަށްތަކުގައި ވެސް ޓިކެޓު ވިއްކާނީ އަތޮޅު ތެރޭގައި ދަތުރެއްނަމަ 22ރ. އަށެވެ. އަދި އަތޮޅުން ބޭރު ދަތުރެއްނަމަ 53ރ. އަށް ކަމަށެވެ.

އެ ކުންފުނިން ވަނީ އަތޮޅު ފެރީގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ބާރު ސްޕީޑުގައި ދަތުރުކުރާ ފެރީތަކެއް ހޯދާނެ ކަމަށް ބުނެފަ އެވެ.