ކާނާ

އީޒީ ވެޖްޓެބަލް ރައިސް

Jul 3, 2016

5 ޖޯޑުބަތް
1 ޖޯޑު ފިޔާ (ހިމުންކޮށް ކޮށާފައިހުރި)
2 ރޯމިރުސް (ފަޅިކޮށްފައި)
2 /1 ޖޯޑު ކެބެޖް (ކޮށާފައިހުރި)
2 /1 ޖޯޑު ކެރެޓް (ގާނާފައިހުރި)
2 /1 ޖޯޑު ލީކްސް (ތުނިކޮށް ކޮށާފައިހުރި)
2 /1 ޖޯޑު ގްރީން ބީންސް (ފެހިތޮޅި ހިމުންކޮށް ކޮށާފައި)
2 /1 ޖޯޑު ކަނަމަދު
1 ޗިކަން ކިއުބް
ލޮނުކޮޅެއް

ތައްޔާރު ކުރާނީ ކިހިނެއް؟

ތަވާ އުދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ ، މިރުސް، ކެބެޖް، ކެރެޓް، ލީކްސް، ތޮޅި، ކަނަމަދު އަދި ޗިކަން ކިއުބް އަޅާލާފައި މިބާވަތްތައް ރޯފިލަންދެން ދޭފަތުން ހަލަމުންދާށެވެ. ދެން ލޮނުކޮޅަކާއި ބަތް އަޅާފައި އެއްކޮށްފައި ލޮނު ހެޔޮވަރުކޮށްފައި އުނދުންމަތިން ބާލާށެވެ. މިއީ ފަސޭހައިން ހަދާލެވޭނެ ފްރައިޑް ރައިސް އެކެވެ.