ބިދޭސީން

ގަހަނާ ވަގަށް ނަގާ ބިދޭސީމީހާ ހޯދަން ދެވަނަ އިއުލާނެއް

Jul 3, 2016
1

ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގަހަނާ ވަގަށް ނެގި ކަމަށް ތުހުމަތުވާ ބިދޭސީއަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ބަންގްލާދޭޝްގެ އެމީހާ، މުޖަންމެލް ހޯދަން ފުލުހުން އިއުލާންކުރީ މިދިއައޭޕްރީލް މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރާ ހަތަރުލައްކަ އަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ގަހަނާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހިއްސާ ކުރުމަށެވެ.

ކުރިން އޭނާ ހޯދަން އިއުލާން ކުރީ މިދިޔަ މެއި މަހުގެ 13 އިގައެވެ.