ބޮލީވުޑް

"ޖަލަކް ދިކްލާޖާ 9" ގެ ބައިވެރިންނަކީ މިއީ

Jul 4, 2016

ކަލާސް ޗެނަލުން ދައްކަމުން އަންނަ ސެލެބްރިޓީ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާޖާ" ގެ ނުވަ ވަނަ ސީޒަން މިމަހުގެ ތެރޭގައި ފެށުމަށް މިވަނީ ހަމަޖެހިފަ އެވެ. ދެހާސް ހަވަނަ އަހަރުން ފެށިގެން ބީބީސް ޝޯ "ސްޓްކްޓްލީ ކަމް ޑާންސް" ގެ އަސްލަކަށް ބަލައިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ޝޯ އެކެވެ.

ޓީވީ ތަރިންނާއި ބޮލީވުޑްގެ ތަރިންގެ އިތުރުން ބައެއް ފަންނާނުން އެމީހުންގެ ނެށުމުގެ ހުނަރު ދައްކާލާ މިޝޯގައި ކޮންމެ ފަންނާނަކަށް ވެސް މޮޅު ކޯރިއޯގްރާފަރެއް ޕާޓްނަރެއްގެ ގޮތުގައި ލިބޭއިރު އެ ފަންނާނަކާއެކު ނެށުމުގެ އިތުރުން މޮޅު ޕާފޯމަންސެއް ހުށަހަޅައިދިނުމުގެ ޒިންމާ ނަގަނީ ވެސް އެ ކޯރިއޯގްރާފަރެކެވެ.

އެގޮތުން މިއަހަރުގެ ޝޯގައި ފެނިގެންދާ ބާރަ ބައިވެރިންގެ ތެރެއިން ނުވަ ބައިވެރިން މިހާރު ޔަގީންވެފައިވާއިރު، ތިރީގައި މިވަނީ މިއަހަރުގެ ސީޒަނުން ފެނިގެންދާނެ ކަމަށް ޔަގީންވެފައިވާ ތަރިންނެވެ.

1. ކޮމޭޑިއަން ގޯރަވް ގެރާ

"މެރި އާޝިގީ ތުމްސޭހީ" އިން ވިދާލި ޓީވީ ތަރި ޝަކްތީ އަރޯރާ އަކީ އަރްޖުން ބިޖްލާނީ އަށް ފަހު ޓިވީ ފިރިހެން ތަރިންގެ ތެރެއިން މިއަހަރުގެ ޝޯގައި ފެނިގެންދާނެ އެކްޓަރެކެވެ. ބައެއް ޓީވީ އެވޯޑް ޝޯތަކުގައި ވެސް އޭނާގެ ނެށުމުގެ ހުނަރު ދައްކާލާފައިވާ ޝަކްތީ ވަނީ މިދޔަ އަހަރު ސްޓާ ޕްލަސް އިން ދެއްކި ރިއަލިޓީ ޑާންސް ޝޯ "ނަޗް ބަލިއޭ" ގައި އޭނާގެ ލޯބިވެރިޔާ އާއެކު ފެނިގެންގޮސްފަ އެވެ. ނަމަވެސް އޭރު އޭނަ ކުޅެން އައި ޝޯ "މެރި އާޝިގީ ތުމްސޭހީ" އަށް ވަގުތު ދެވެން ނެތިގެން ވަނީ ފަހުން ޝޯއިން ވަކިވެފަ އެވެ.

ސޮނީ ޗެނަލުން ދެއްކި "ޖައްސީ ޖައްސީ ކޮއި ނެހީ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ގޯރަވް މިފަހަކަށް އައިސް ބެލުންތެރިންގެ މަގުބޫލުކަން ލިބިގެން ގޮސްފައިވަނީ ކޮމޭޑިއަން ގޮތުގަ އެވެ. މިފަހަކަށް އައިސް ގޯރަވް ވަނީ އިންޓަނެޓްގައި އޭނާ ޗުޓްކީ އެންޑަ ޝޮޕްކީޕާގެ ގޮތުގައި މަޖާ ވީޑިއޯތަކެއް އަޕްލޯޑްކޮށްފަ އެވެ. އޭނާ މިޝޯގައި މިއަހަރު ފެނިގެންދާނީ މިކެރެކްޓާގަ އެވެ.

2. އަރްޖުން ބިޖްލާން

"މިލޭ ޖަބް ހަމް ތުމް އިން" މަޝްހޫރުވެގެން ގޮސްފައިވާ އަރްޖުން ބިޖްލާނީ އަކީ ޓީވީ އެކްޓަރުންގެ ތެރެއިން އެންމެ މަގުބޫލު އެއް ތަރި އެކެވެ. ކަލާސް އިން ދައްކާ "ނާގިން" އިން މިހާރު ފެނިގެންދާ އަރްޖުން މިވަނީ އޭނާގެ ނެށުމުގެ ހުނަރު ބެލުންތެރިންނަށް ދައްކާލުމަށް ތައްޔާރުވެފަ އެވެ.

3. ސުވްރީނާ ޗައުލާ

ބައެއް ޓީވީ ސީރީޒްތަކުން ފެނިގެން ދިއުމަށްފަހު ބައެއް ބޮލީވުޑް ފިލްމުތަކުގެ ކުދި ރޯލުތަކުން ވެސް ފެނިގެން ގޮސްފައިވާ ސުވްރީން ވަނީ "ހޭޓް ސްޓޯރީ 2" ގައި ބަތަލާގެ ރޯލުން ފެނިގެން ގޮސްފަ އެވެ. މީގެކުރިން ވެސް ސުވްރީން ވަނީ ކްރިކެޓްކުޅުން ތެރިންނާއި ޓީވީ ތަރިން ބައިވެރިންގެ ގޮތުގައި ފެނިގޮސްފައިވާ ޑާންސް ޝޯ "އޭކް ކިލާޅީ އޭކް ހަސީނާ" އިން ފެނިގެން ގޮސްފަ އެވެ. މިއަހަރުގެ ޝޯގައި ބައިވެރިވާ އަންހެން ބަތަލާއިންގެ ތެރެއިން ސުވްރީނާ އަކީ ނެށުމަށް މޮޅު ބަތަލާއިންގެ ތެރޭގައި ހިމެނޭ އެކަކެވެ.

4. ހެލީ ޝާހް

މަޝްހޫރު ޓީވީ ޝޯ "ސްވަރާގިނީ" ގައި ޑަބަލް ރޯލުން ފެނިގެންދާ ހެލީ ޝާހް އަކީ މިއަހަރުގެ ސީޒަންގައި ޓީވީ ބަތަލާއިންގެ ތެރެއިން ފެނިގެންދާނެ އެއް އެކްޓަރެވެ.

5. ޝަކްތީ އަރޯރާ

"މެރި އާޝިގީ ތުމްސޭހީ" އިން ވިދާލި ޓީވީ ތަރި ޝަކްތީ އަރޯރާ އަކީ އަރްޖުން ބިޖްލާނީ އަށް ފަހު ޓިވީ ފިރިހެން ތަރިންގެ ތެރެއިން މިއަހަރުގެ ޝޯގައި ފެނިގެންދާނެ އެކްޓަރެކެވެ. ބައެއް ޓީވީ އެވޯޑް ޝޯތަކުގައި ވެސް އޭނާގެ ނެށުމުގެ ހުނަރު ދައްކާލާފައިވާ ޝަކްތީ ވަނީ މިދޔަ އަހަރު ސްޓާ ޕްލަސް އިން ދެއްކި ރިއަލިޓީ ޑާންސް ޝޯ "ނަޗް ބަލިއޭ" ގައި އޭނާގެ ލޯބިވެރިޔާ އާއެކު ފެނިގެންގޮސްފަ އެވެ. ނަމަވެސް އޭރު އޭނަ ކުޅެން އައި ޝޯ "މެރި އާޝިގީ ތުމްސޭހީ" އަށް ވަގުތު ދެވެން ނެތިގެން ވަނީ ފަހުން ޝޯއިން ވަކިވެފަ އެވެ.

6. ކަރިޝްމާ ތަންނާ

ޓީވީ ޝޯ "ކިއުންކީ ސާސްބީ ކަބީ ބަހޫތީ" އިން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ކަރިޝްމާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިގެން ގޮސްފަ އެވެ. އޭގެފަހުން "ބިގް ބޮސް 8" އިން ކަރިޝްމާ ވަނީ ފެނިގެންގޮސްފަ އެވެ. މަޝްހޫރު ޓީވީ ތަރިއެއްގެ އިތުރުން ކަރިޝްމާ އަކީ މަޝްހޫރު މެޑެލްއެއް ވެސްމެ އެވެ.

7. ޕްރިޔަންކާ އަދި ޕޫނަމް ޝާހް

އިންޑިއާގެ ކްލެސިކަލް ޑާންސާއި ވެސްޓާން ސްޓައިލްތަކުގެ ޑާންސް ވީޑިއޯ ޝޫޓްކޮށް، ޔޫޓިއުބް އަށް އަޕްލޯޑްކޮށްގެން އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ދެބެއިން ކަމަށްވާ ޕްރިޔަންކާ އާއި ޕޫނަމް ޝާހް އަކީ މިއަހަރުގެ ސީޒަނުގައި ފެނިގެންދާނެ އާ ދެމޫނެކެވެ.

8. ހަރްޕަލް ސިންގް ސޮކީ

ސެލެބްރިޓީ ޝެފް ހަރްޕަލް ސިންގް ސޮކީ މަޝްހޫރުވެެގެން ގޮސްްފައިވަނީ އެނާޖީ ޝެފް އޮފް އިންޑިއާގެ ގޮތުގަ އެވެ. މަޝްހޫރު އެކި ހޮޓެލްތަކާއި ރެސްޓޯރަންތަކުގައި މަސައްކަތްކުރުމަށްފަހު އަމިއްލަ ރެސްޓޯރަންޓެއް ހުޅުވައިގެން އުޅޭ ހަރްޕަލް ވަނީ އޭނާގެ މީރު ކެއުންތަކުގެ ޖާދޫގައި އެތައް ބަޔަކު ޖައްސާފަ އެވެ. ޖަލަކްގައި އޭނާ ބައިވެރި މިވަނީ ބެލުންތެރިންނަށް އޭނާގެ ތަފާތު ހުނަރެއް ދައްކާލާށެވެ.

ކޮންމެ ހަފްތާއަކު ބައިވެރިން ހުށަހަޅައިދޭ ޕާފޯމަންސަށް ޖަޖުންދޭ މާކްސް އާއި ބެލުންތެރިންދޭ އެސްއެމްއެސް ވޯޓުން އެންމެ ދަށް ނަތީޖާއެއް ލިބޭ ބައިވެރިޔާ ކޮންމެ ހަފްތާއެއްގައި ޝޯއިން ވަކިވެގެންދާނެ އެވެ.

އިތުރު ތިން ބައިވެރިން އަދި މިއަހަރުގެ ސީޒަނުން ފެނިގެންދާނެ އިރު އެއީ ކޮންތަރިންނެއް ކަން އަދި ޔަގީނެއް ނުވެ އެވެ. ނަމަވެސް ބިގް ބޮސް 8 އިން ފެނިގެންދިޔަ ނޯރާ ފަތޭހީ އާއި "ޔޭހޭ މޮހައްބަތޭން" ގައި ރޫހީގެ ރޯލުން ފެނިގެންދިޔަ ރުހާނީ ދަވަންގެ އިތުރުން ކަލާސްގެ ހިސްޓޮރިކް ޓީވީ ޑްރާމާ "ޗަކްރަވަތީ އަޝޯކް ސަމްރާޓް" ގައި ފެނިގެންދާ ސިދާތް ނިގަން އިތުރު ތިން ބައިވެރިންގެ ގޮތުގައި މިޝޯއިން ފެނިގެންދާނެ ކަމަށްވެ އެވެ.