ވިޔަފާރި

މޭ މަހު ރާއްޖޭގެ ރިޒާވް 10 ޕަސެންޓް ދަށަށް

0%
0%
0%
  • ޖުމްލަ ރިޒާވްއަކީ 624 މިލިއަން ޑޮލަރު
  • ޔޫޒަބަލް ރިޒާވްއަކީ 204 މިިލިއަން ޑޮލަރު
  • އަހަރު ދުވަހުގެ ތެރޭގައި 11 ޕަސެންޓް ދަށް
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ.--އަވަސް ފޮޓޯ: އަހުމަދު ޝުރާއު

މިދިޔަ މޭ މަހު ރާއްޖޭގެ ރިޒާވް 10 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މެއި މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 624 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 11 ޕަސެންޓް ދަށް އަދަދެކެވެ. އަދި މި އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 12 ޕަސެންޓް ދަށް އަދަދެކެވެ.

ރާއްޖޭގެ ރިޒާވް ދަށަށް ގޮސްފައިވަނީ ރިޒާވް 700 މިލިއަން ޑޮލަރަށްވުރެ މައްޗަށް އުފުލުމަށް ފަހު އެވެ. ރިޒާވް މަތިވެ ދަށްވުމުގެ ސަބަބު ތަކުގެ ތެރޭގައި ދައުލަތުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކަށް ޑޮލަރުން ދައްކަން ޖެހޭ ފައިސާ އިތުރުވުން ހިމެނެ އެވެ.

ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ބޭރުގެ ކުންފުނިތަކަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ ހޮސްޕިޓަލް ތަަރައްގީކުރުމާއި ބޮޑެތި އޮފީސް އިމާރާތްތައް އެޅުން ހިމެނެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910