ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯގައި ކްރަކެން ޓްއާސްގެ ބިގްގޭމް ފިޝިން!

Jul 6, 2016

ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ، "ވެކޭޝަންސް އެކްސްޕޯ 2016 "އަށްދާ ފަރާތްތަކަށް ކްރަކެން ޓުއާސް އިން ބިގްގޭމް ފިޝިން ދައުރެއް ދޭން ނިންމައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ކްރަކެން އެޑްވެންޗާން ޓުއާސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ އެ ކުންފުނިން އަލަށް ފަށާ މި ހިދުމަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހަ މީހަކަށް ލިބޭނެ ކަމަށެވެ.

"ބިގްގޭމް ފިޝިން [މަސް ދަތުރެއް] ލިބޭނެ. މި ދަތުރު އެއް ބޭފުޅަކަށް ލިބުނު ނަމަވެސް ހަ މީހަކަށް ދެވޭނެ. މި ދަތުރު ލިބޭ ފަރާތް ކޮންވީނިއަންޓް ޓައިމެއްގައި ލިބޭނެ،" ރިޔާޒު ވިދާޅުވި އެވެ.

"ވެކޭޝަންސް އެކްސްޕޯ 2016" ބާއްވަނީ އޮކްޓޫބަރު 4-6 އަށް ނޭޝަނަލް އާޓްގަލަރީގަ އެވެ. ވެކޭޝަންސް އެކްސްޕޯއަކީ ދުރާލާ ދަތުރު ރާވާ މީހުންނަށް ހާއްސަކޮށްގެން ބާއްވާ ފެއާއެކެވެ. މި ފެއާއަށް ދިއުމުން ގިނަ އިނާމު ތަކެއްވެސް ދެ އެވެ.

ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސާއަކީ އިނަ މޯލްޑިވްސް އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ. ވެކޭޝަންސް އެކްސްޕޯގެ އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އާއި ލޭމް އަދި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ.

އެހެން ޕާޓްނަރުންގެ ތެރޭގައި

  • - އޮންލައިން ޕާޓްނަރު އަވަސް އޮންލައިން
  • - އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
  • - ޓީވީ ޕާޓްނަރު ޕީއެސްއެމް
  • - އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • - ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • - ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • - ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • - ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް
  • - ޕްރައިޒް ޕާޓްނަރު މުސައްފިރީން