މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

އިދިކޮޅު އިއްތިހާދާ ގުޅެން ގާސިމަށް ދައުވަތު ދީފި

އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދު، މޯލްޑިވްސް ޔުނައިޓަޑް އޮޕޮސިޝަން (އެމްޔޫއޯ) އާ ގުޅިވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދައުވަތު އަރުވައިފި އެވެ.

އިދިކޮޅު އިއްތިހާދައި ގުޅިވަޑައިގަތުމަށް ގާސިމްއަށް ދައުވަތު އަރުވާފައިވަނީ އަދާލަތު ޕާޓީންނެވެ. އެގޮތުން މިރޭ ވަނީ އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވަނީ ގާސިމާ ބައްދަލުކުރައްވާފަ އެވެ.

ގާސިމް އިދިކޮޅު އިއްތިހާދުގައި ބައިވެރިކުރަން މަސައްކަތް ކުރަމުން އަންނަ އިރު ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް މިހާރު ވެސް އުޅުއްވަނީ އެއިއްތިހާދާ ގުޅިގެނެވެ. އެހެން ނަމަވެސް ގާސިމް ވިދާޅުވެފައި ވަނީ ޖޭޕީން އެ އިއްތިހާދުގައި ބައިވެރިނުވާ ކަމަށާއި އަމީންގެ މައްސަލަ ބަލާނެ ކަމަށެވެ.

މި ހަފްތާ ތެރޭގައި ރައީސް ޔާމިން ފަރާތުން މިނިސްޓަރުންނާއި ޕީޕީއެމް ގާސިމްއާ ބައްދަލުކުރައްވާފައިވާ އިރު އަންނަ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާން ކުރެއްވި އުމަރު ނަސީރު ވެސް ވަނީ ގާސިމްއާ ބައްދަލު ކުރައްވައިފައެވެ. މީގެ އިތުރުން އަލްހާން ފަހުމީވެސް ވަނީ ގާސިމްއާ ބައްދަލުކުރައްވާފައެވެ.