ޒެނީޝާ ޝަހީދު ޒަކީ

ފިޔަވަތީގެ ކުދިންނާއެކު މިނިސްޓަރު ކާޓޫނު ބައްލަވައިފި

Jul 7, 2016
2

ހުޅުމާލޭގެ ފިޔަވަތީގައި ތިބި ކުދިންގެ ތެރެއިން ތިން އަހަރާއި ނުވަ އަހަރާ ދެމެދު ގިނަ އަދަދެއްގެ ކުދިންނާއެކު ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ސިނަމާއަށް ވަަޑައިގެން ކުޑަކުދިންގެ ކާޓޫން ފިލްމެއް ބައްލަވައިފި އެވެ.

މިނިސްޓަރު ޒެނީޝާ ވަނީ އެ ކުދިންނާއެކު އިއްޔެ ސްވަކް ސިނަމާއަށް ވަޑައިގެން ފިލްމް ބެއްލެވި އިރު އެ ހަރަކާތުގައި، ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންގެ ތެރެއިން 67 ކުދިންނާއި ފިޔަވަތީގައި މަސައްކަތްކުރާ ކުދިން ބަލަހައްޓާ މުވައްޒަފުންނާއި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އާއިލާތައް ވެސް ބައިވެރިވި އެވެ.

ފިޔަވަތީގައި ތިބި ކުދިންނަށް ފިލްމް ޝޯ ހަމަޖައްސައި ދިނީ ޝްވެކް ސިނެމާ އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީންނެވެ.

ފިޔަވަތި އިތުރުން، ވިލިމާލޭ ހިޔާގައި ތިބި ކުދިންނަށް އަމާޒުކޮށް ހަރަކާތެއް މިއަދު ވެސް ކުރިޔަށް ގެންދާނެ އެވެ.

އެކި ސަބަބުތަކާހުރެ ސަރުކާރުގެ ބެލުމުގެ ދަށުގައި މިވަގުތު 153 ކުދިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އެބަތިއްބެވެ.