ހަބަރު

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރަން "އާކް" އާއެކު އެއްބަސްވުމަކަށް

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް "އާކް" އާއި ޔޫތު މިނިސްޓްރީ އެގްރީމެންޓެއްގައި ސޮއިކޮށްފި އެވެ.

އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާ ދެމެދު، މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދު އެވެ. މި އެގްރީމެންޓްގައި ސޮއިކުރައްވާފައިވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް އާއި އާކްގެ ފައުންޑާ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.

އެއް އަހަރަށް ސޮއި ކުރި މި އެއްބަސްވުމުގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަންހެން ކުދިން ބާރުވެރިކުރުވުން ހިމެނެ އެވެ. އަދިި، ކުޑަކުދިން ދުޅަހެއޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.

އެގޮތުން، ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދަން ވަނީ ރާވާފަ އެވެ.