އައްޑޫ ސިޓީ

އައްޑޫގައި ދެ ކާރެއްގައި ރޭ ރޯކޮށްލައިފި

ސ. ފޭދޫގައި ރޭ ދެ ކާރެއްގައި އަލިފާން ރޯ ކޮށްލާ އަންދާލައިފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 2:00 ޖަހާ އެހާކަންހާއިރު ފޭދޫ "މިސްރާބު" ނަމަކަށް ކިޔާ ފިހާރަ ކުރިމަތީގައި ޕާކުކޮށްފައި އޮތް ދެ ކާރެއްގައި ރޯކޮށްލާފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ މިހާރު ތަހުގީގް ކުރަމުން އަންނަ ކަމަށާއި މި މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ފުލުހުންނާއި އާންމުން ގުޅިގެން ވަރަށް އަވަހަށް އަލިފާންގަނޑު ނިއްވާލި ނަމަވެސް ދެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކާރުގެ ވެރިފަރާތާއި ބެހޭ މައުލޫމާތު އަދި ސާފުވެފައެއް ނުވެ އެވެ.