ސްރީލަންކާ

ލަންކާގެ ކަންކަމާ ބެހެން ބޭރު ފަރާތްތަކަށް ފުރަސަތެއް ނެތް: ސިރިސޭނާ

ސްރީލަންކާގެ ޖުޑިޝަރީއަށާއި ދާހިލީ އަދި ސަރުކާރުގެ އެއްވެސް ކަމަކަށް ބޭރުގެ ކޯޓުތަކާއި ފަނޑިޔާރުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ބަސް ބުނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ މިހެން ވިދާޅުވީ ލަންކާގެ 70 ވަނަ ގައުމީ ހަޔާ އޯޑިނޭޝަން ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ. ސިރިސޭނާ ވިދާޅުވީ ލަންކާގެ މިނިވަން ކަމާއި އިސްތިގްލާލަށް ގެއްލުންވާ އަދި ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގަން އެ ގައުމުގެ މީހުންނަށް ވެސް އަދި ބޭރުގެ ގައުމުތަކުގެ ފަރާތްތަކަކަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ސަރުކާރުގެ މިހާރުގެ ޕޮލިސީ ކަނޑައަޅާފައި ހުންނާނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި ކަނޑައަޅާފައި ހުންނަ އުސޫލުތަކާއި އެއްގޮތަށް، ދީނާ ހިލާފު އެއްވެސް ކަމަކަށްވެސް ފުރުސަތެއް ނެތް،" ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނާ މިހެން ވިދާޅުވެފައިވަނީ ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރުވައި އެކި ކަންކަމާ ގުޅުވައި ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.