އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގެ ދެވަނަ ސެމެސްޓާ 600 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފި

މިއަހަރުގެ ދެވަނަ ސެމެސްޓާގައި ފަށާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 700 އަށްވުރެ ގިނަ މީހުން ފޯމް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 600 ދަރިވަރަކު ހޮވިފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ބުނެފި އެވެ.

ދެވަނަ ސެމެސްޓާގެ ކޯސްތަކަށް ހޮވުނު 600 އަށްވުރެ ގިނަ ދަރިވަރުންނަށް މަރުހަބާ ކިޔުމަށް މިއަދު އެ ޔުނިވަސިޓީގައި ވަނީ އޮރިއެންޓޭޝަން ޕްރޮގްރާމެއް ވެސް ބާއްވާފަ އެވެ.

އެ ފްރޮގްރާމުގައި ކޯސްތަކަށް ހޮވުނު ކުދިންނަށް ބޭނުންވާ އެކި މައުލޫމާތުތައް ދީފައިވެ އެވެ.

މިއަހަރުގެ ދެވަނަ ސެމެސްޓާ ކޯސްތަކަށް 700 އަށްވުރެ ގިނަ ފޯމް ހުށަހެޅި އިރު، ދެވަނަ ސެމެސްޓާއަށް ތައާރަފްކުރި ޕޯސްޓް ގްރެޖުއޭޓް ކޯސްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ޔުނިވަސިޓީން މިއަދު ބުންޏެވެ. މިއަހަރުގެ ދެވަނަ ސެމެސްޓާއަށް އައިޔޫއެމް އިން ވަނީ ހަތް ދާއިރާއަކުން 39 ކޯސް އިއުލާން ކޮށްފަ އެވެ.