ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް

ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭން އަލުން ހުޅުވާލައިފި

ކ. ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ތިލަފުށިން ލިބޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ތިލަފުށި-1 އަދި ތިލަފުށި-2 ގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކުރުމަށް އެދި ކުރިން ހުޅުވައިލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނު ކަމަށެވެ.

އެހެންކަމުން އެ ފުރުސަތު ބާތިލުކޮށް ތިލަފުށީގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުމަށް އަލުން ފުރުސަތު ހުޅުވާލައި ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ އެ ހިދުމަތް ތިލަފުށީގައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހައި ހަމަޔަށް މައުލޫމާތު ކަރުދާސް ދޫކުރާނެ ކަމަށެވެ. އަދި އީއައިއޯ ހުށަހެޅުން އޮންނާނީ މިމަހު 17 ގައި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.